ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކަނޑުހުޅުދޫ ކައުންސިލުން މުއައްސަސާތަކަށާއި، ކްލަބު ޖަމިއްޔާ ޖަމާޢަތްތަކަށް އެހީ ދިނުމުގެ އުޞޫލު

ގއ.ކަނޑުހުޅުދޫ ކައުންސިލުން މުއައްސަސާތަކަށާއި، ކްލަބު ޖަމިއްޔާ ޖަމާޢަތްތަކަށް އެހީ ދިނުމުގެ އުޞޫލު

 

ތަޢާރުފާއި ނަން

  1.  

(ހ)

މިއީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 08 ވަނަ މާއްދާގެ (ރ) ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެކެވެ.

 

 

(ށ)

މިޤަވާއިދަށް މިއުޞޫލަށް ކިޔާނީ ''ގއ.ކަނޑުހުޅުދޫ ކައުންސިލުން މުޢައްސަސާ ތަކަށާއި، ކްލަބް ޖަމިއްޔާ ޖަމާޢަތްތަކަށް އެހީދިނުމުގެ އުޞޫލު '' އެވެ.

ޢަމަލުކުރަން ފަށާ ތާރީޚު

  1.  

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

އެހީދެވޭނެ ދާއިރާ:

 

  1.  

(ހ)     އެހީ ފޯރުކޮށްދޭ މައިގަނޑު ދާއިރާތަކަކީ ތަޢުލީމު، ކުޅިވަރު، ޢުމްރާނީ ތަރައްޤީ، ތިމާވެށި، ސިއްޙަތު، ތަމްރީނާއި ހުނަރު، މުނިފޫހި ފިލުވުމާއި ސަޤާފަތެވެ.

(ށ)    މި މާއްދާގެ (ހ) ގައިވާ ދާއިރާތަކުގެ އިތުރުންވެސް އެހީއަށް އެދި ހުށަހެޅުމަށް ކައުންސިލްގައި މަޝްވަރާކޮށް، ދާއިރާތައް އިތުރުކުރެވިދާނެއެވެ.

އެހީ ދެވޭނެ މިންވަރު

  1.  

(ހ) އެހީގެ މިންވަރު ކަނޑައަޅާނީ އެހީ ދިނުމަށް  އެއަހަރެއްގެ ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށްބެލުމަށްފަހު ކައުންސިލްގެ ޢާންމު ބައްދަލުވުމަކުންނެވެ.

 

ޕްރޮޕޯސަލް އިވެލުއޭޓް ކޮށް އެވޯޑް ކުރުން

  1.  

(ހ)

 

(ށ)

މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ އެހީއަށްއެދި ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އޭގެތެރެއިން (ބަޖެޓަށާއި ޕްރޮޖެކްޓްގެ މުހިންމުކަމަށް ބަލައި) ހޮވާލެވޭ މަޝްރޫޢުތަކަށެވެ.

ޕްރޮޕޯސަލް އިވެލުއޭޓްކުރުމަށް ބަލާނެ މިންގަނޑު ތަކަކީ:

-          ޕްރޮޕޯސަލް ހުށަހެޅި މުޢައްސަސާ، ކްލަބް ޖަމިއްޔާ ތަކުން ހުށަހަޅާ ކަމާއި ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލާއި ތަރައްޤީގެ ޕްލޭނާއި ގުޅޭ މިންވަރު ( ގުޅޭ މިންވަރެއްގެ ނިސްބަތުން އެންމެ ގިނަވެގެން 50 ޕޮއިންޓް)

-          ޕްރޮޕޯސަލްގައި ހިމެނިފައިވާ ކަމުގެ ސަބަބުން މުޖުތަމަޢުއަށް ކުރާނެ ފައިދާ ( ފައިސާ ލިބޭ މިންވަރެއްގެ ނިސްބަތުން އެންމެ ގިނަވެގެން 40 ޕޮއިންޓް)

-          ޕްރޮޕޯސަލްގައި ހުށަހަޅާފައިވާ ކަމެއްގައި ސީދާ ބައިވެރިވާ ފަރާތްތަކުގެ އަދަދަށް ( ބައިވެރިވާ ކޮންމެ 5 މީހަކަށް01 ޕޮއިންޓް ، މިބަޔަށް ގިނަވެގެން ލިބޭނީ 10 ޕޮއިންޓް)

                    

މަސައްކަތް ނިންމުމާއި ރިޕޯޓް ހުށަހެޅުން

  1.  

(ހ)

މިއުޞޫލުގެ ދަށުން އެހީ ލިބޭ ކޮންމެ ފަރާތަކުން ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ކަމެއް ނުވަތަ ކަންކަން ނިންމުމަށްފަހު ، އެކަމެއް ނިމޭތާ 30 ދުވަހުގެ ތެރޭގައި އަންނަނިވި މަޢުލޫމާތު މިއިދާރާއަށް ހުށަހަޅަންވާނެއެވެ.  އަދި މިދެންނެވި މުއްދަތުގެ ތެރޭގައި އެމަޢުލޫމާތު ހުށަނައަޅައިފިނަމަ އެހީ ދިނުން ހުއްޓާލެވޭނެއެވެ.

  1. ފައިސާ ޚަރަދު ކުރެވުނު ގޮތުގެ ރިޕޯޓް
  2. މަސައްކަތް ނުވަތަ ހަރާކާތުގެ ފޮޓޯ

 

 

 

 

 

 

 

 

 

 

 

          

05 ފެބުރުވަރީ 2024
ހޯދާ