ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރަން ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން

މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ރަށުގެ ހުސްބިން ބޭނުންކުރުން، އަދި އެކަންކަމަށް ފީ ނެގުމާއި ބެހޭ ޤަވާއިދަށް އަމަލުކުރުމުގެ އުސޫލު https://www.gazette.gov.mv/iulaan/212498 ގެ ދަށުން ބަނޑިދޫގެ ހަތަރު ސަރަހައްދެއްގައި ވިޔަފާރި ކުރެވޭނެ އިންތިޒާމް އެކަމަށް ޝައުގުވެރިވެލައްވާ ފާރާތްތަކަށް ފަހިކޮށްދިނުމަށް މިކައުންސިލުން ވާނީ ނިންމާފައެވެ. މިގޮތުން ވިޔަފާރިތަކުން ނެގޭނެ އެންމެ ކުޑަ ފީ އަކީ -/500ރ (ފައްސަތޭކަރުފިޔާ) އެވެ. މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރެވޭނެ ސަރަހައްދުތައް ތިރީގައި ބަޔާންވެފައި އެވަނީއެވެ.

  1. ދ.ބަނޑިދޫ ޖެޓީ ސަރަހައްދުގައި ހުރި މަސްފެންގަނޑުގެ އިރު އުތުރުން
  2. ދ،ބަނޑިދޫ ރަށްދެބައިމަގު ހުޅަނގު އުތުރުން ބަނދަރު ކައިރީ ރުށްގަނޑު ސަރަހައްދު
  3. ފެނަކަ ކޯޕަރޭޝަން ބަނޑިދޫ ބްރާންޗްގެ އައު އޮފީސް އަދި ބަނޑިދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ހުސްބިން
  4. ދ.ބަނޑިދޫ ބަނދަރު ހުޅަނގު ދެކުނު ސަރަހައްދު

 

މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދި ލިޔުމުން ކައުންސިލަށް ހުށަހަޅުއްވާ ތަރުތީބުން އެންމެ ފުރަތަމަ އެދިލައްވާ 4 ފަރާތަކަށެވެ. އަދި މިކަމަށްއެދި ސިޓީ ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރިއާއި ކަމާގުޅޭ ވިޔަފާރި އެކްޓިވިޓީތައް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

05 ފެބުރުވަރީ 2024
ހޯދާ