މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ސަނަދުގެ ފެންވަރު ބެލުމަށްޓަކައި ހުށަހެޅުން

ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ސަނަދުތައް ވެލިޑޭޓް ކުރުމަށްޓަކައި ރަށްތަކުގެ ކައުންސިލަތަކުން ހުށަހެޅުމުގެ ބަދަލުގައި، އެ ބިދޭސީއަކު ނުވަތަ އެ ޓީޗަރަކު މަސައްކަތް ކުރަމުން އަންނަ ސްކޫލްގެ ފަރާތުން ޓީޗަރުންގެ ސަނަދުތަކުގެ ފެންވަރު ބެލުމަށްޓަކައި މި އޮތޯރިޓީއަށް 4 ފެބްރުއަރީ 2024 (އާދިއްތަ) ދުވަހުން ފެށިގެން ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ. ނަމަވެސް މިގޮތަށް ހުށަހަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

 

  1. ބާ ކައުންސިލުން އެޓެސްޓް ކުރުމުގެ ހުއްދަ ދީފައިވާ ވަކީލެއް އެޓެސްޓް ކޮށްފައިވާ ސަނަދުތަކާއި އަދި އެހެނިހެން ލިޔެކިޔުންތަކުގެ 1 ކޮޕީ (ސެޓް) ހުށަހެޅުން.
  2. ސަނަދުތަކުގެ 1 ކޮޕީ ސެޓް (އެޓެސްޓް ކޮށްފައިނުވާ).
  3. މިގޮތަށް ފޮނުވާއިރު ސްކޫލްގެ އީމެއިލް މެދުވެރިކޮށް ފޮނުވުން.
  4. މިގޮތަށް ހުށަހަޅާއިރު މި އޮތޯރިޓީގެ "އެޕްލިކޭޝަން ފޯމް" ގައި ހުށަހެޅުމަށް ބުނެފައިވާ ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުން. އަދި އެޕްލިކޭޝަން ފޯމް ގައި ސްކޫލްގެ ތައްގަޑު ޖަހާ ސްކޫލްގެ ފަރާތުން ބޭފުޅަކު ސޮއި ކޮށްފައިވުން.

 

މި ޚިދުމަތަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް އީމެއިލުން ހުށަހަޅުއްވާ ނަމަ (ޕީ.ޑީ.އެފް ފޯރމެޓްގައި 10 އެމް.ބީ އަށް ވުރެ ސައިޒް ބޮޑުނުވާގޮތަށް، އެއް ފައިލެއްގެ ގޮތުގައި [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވިޔަސް، އެ ސަނަދެއްގެ ފެންވަރު ބަލައި ނިންމޭނީ، ފޯމުގައި ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅުއްވާފައިވާނަމައެވެ.

 

އަދި ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވިޔަސް، ސަނަދުގެ ފެންވަރު ބަލައި ވެލިޑޭޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ ދޫކުރުމަށް ހަމަޖެހިފައިވަނީ އެމް.ކިޔު.އޭ ގެ ކައުންޓަރުންނެވެ. މިގޮތުން، ވެލިޑޭޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ ބަލައި އެމް.ކިޔު.އޭ ގެ ކައުންޓަރަށް ވަޑައިގަންނަވާއިރު، އެ ސަނަދެއްގެ ސައްޙަކަން ޔަޤީންކުރުމަށްޓަކައި، އެ ސަނަދެއްގެ އަޞްލު އެމް.ކިޔު.އޭ ގެ ކައުންޓަރަށް ދައްކަންވާނެއެވެ.

04 ފެބުރުވަރީ 2024
ހޯދާ