ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން

މިކޯޓުގައި  ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ ހަވީރު 16:30 ގައި ރ.އަލިފުށީ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި މިތަކެތި ނީލަމުގައި ވިއްކުމަށް ހަމަޖައްސާފައިވާ އަގުގެ މަޢުލޫމާތު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައި ގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަވަން ވާނެއެވެ.  ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން 24 ގަޑި އިރު ތެރޭގައި މިކޯޓަށް ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ.

     ވީމާ ޝައުގުވެރިވެ ލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެ ލެއްވުން އެދި މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ފެބުރުވަރީ 2024
ހޯދާ