މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި އަލަށް ދޫކުރެވުނު ބަންޑާރަ ގޯތިތަކާއި ގުޅޭ މަގުމަގާއި، ގޯޅިތަކުގައި ހުރި އެކިއެކި ފަރާތްތަކުގެ އަމިއްލަ ތަކެތި ނަގަން އެންގުން

އިޢްލާން

            ދިރިއުޅުމަށްޓަކައި 20 ޖަނަވަރީ 2024 ދުވަހު މިރަށުން ދޫކުރެވުނު ބަންޑާރަ ގޯތިތަކާއި ގުޅިފައިވާ މަގުމަގާއި ގޯޅިތަކަށް އަރާގޮތަށް ހުރި އެކިއެކި ފަރާތްތަކުގެ އެންމެހާ ތަކެތި (ނަގައިގެން ގެންދެވޭގޮތަށް ހުރި ރުއްގަސް ހިމެނޭގޮތަށް) 12 ފެބުރުވަރީ 2024 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން ނަގާ ނިންމުމަށް އަންގާ ނަޞޭޙަތްތެރިވަމެވެ. ދިރިއުޅުމަށްޓަކައި 20 ޖެނުއަރީ 2024 ދުވަހު މިރަށުން ދޫކުރެވުނު ބަންޑާރަ ގޯތިތަކާއި ގުޅިފައިވާ މަގުމަގާއި ގޯޅިތައް ކަޅުކުލައިން ފާހަގަކޮށްފައިވާ ރަށުގެ ޗާޓު މި އިޢްލާނާއެކު އެއްކަރުދާސްކުރީމެވެ.

                  12 ފެބުރުވަރީ 2024 ވާ ހޯމަދުވަހުގެ 14:00 އަށް ނުނެގި ހުރި ތަކެތީގެ ވެރިފަރާތެއް ނެތްކަމަށް ބަލާ ނައްތާލެވޭނެއެވެ. މިގޮތުން ނައްތާލެވޭ އެއްވެސް އެއްޗަކަށް މި ކައުންސިލުން ޒިންމާ ނުވާނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

04 ފެބުރުވަރީ 2024
ހޯދާ