މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                         ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                   1 (އެކެއް)

މަޤާމުގެ ރޭންކް:                    އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:               ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1  

މަޤާމުގެ ގިންތި:                     ދާއިމީ

މުސާރަ:                        -/5610 ރުފިޔާ

ސަރވިސް އެލަވަންސް:                -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                  މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:          އެޑްމިން، މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ސްކޫލަށް ލިޔެކިޔުމުގެގޮތުގައި ލިބޭ އެންމެހައި ތަކެތި އެންޓްރީކޮށް، ދުވަހުން ދުވަހަށް އިސްވެރިޔާއަށް ހުށަހެޅުން.

2- އެންޓްރީކުރެވިފައިވާ ތަކެތީގެ އަސްލާއި ކޮޕީތައް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން.

3- ދަރިވަރުންގެ ރަޖިސްޓްރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި، ދަރިވަރުން ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

4- ސްކޫލުގެ ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

5- މުވައްޒަފުންގެ ލިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުން.

6- ސްކޫލުގެ ޔައުމިއްޔާއާއި، އިދާރީ މުވައްޒަފުންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކޮށް ފައިލްކުރުން.

7- ސްކޫލް ބޯޑުގެ ލިޔެކިޔުންތައް ބެލެހެއްޓުން.

8- މުވައްޒަފުންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓް ތައްޔާރުކުރުން.

9- ސްކޫލުގެ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

10- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠު:                         

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓުގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

2. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

3. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.                     

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބާއްވާނެ ތާރީޚާއި ވަގުތު އެނގޭނެއެވެ. އިންޓަވިއު އޮންނާނީ މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީނުގައެވެ.

ށ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރަށާއި، ތަޖްރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމެންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

ނ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:30 އެވެ. 

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަދަރުސަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީނުގެ 6860003 ނަންބަރު ފޯނަށް ނުވަތަ6862068 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

 17 ޖުމާދަލްއާޚިރާ 1436

06 އޭޕްރިލް 2015
ހޯދާ