އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސީނިއަރ އެޗްއާރް އޮފިސަރ

ނަންބަރު: IUMH-AD/I/2024/03

ވަޒީފާގެ ފުރުސަތު

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތެކެވެ. 

މަޤާމު:

ސީނިއަރ އެޗްއާރ އޮފިސަރ

ބޭނުންވާ ޢަދަދު: 1

އަސާސީ މުސާރަ:

މަހަކު -/5,000 ރުފިޔާ

އެލަވަންސް:

- ސާރވިސް އެލަވަންސް: މަހަކު -/4,500 ރުފިޔާ

- ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް -/120 ރުފިޔާ

- ފޯން އެލަވަންސް: މަހަކު -/200 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ މުވައްޒަފުންގެ މަހު މުސާރަ ތައްޔާރުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ މުވައްޒަފުން ރެޖިސްޓަރވެފައިވާ އެކިއެކި ސްކީމްތަކަށް މުސާރައިން ކަނޑާ ރެކޯޑްސްތަކާއި މުވައްޒަފުންގެ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނަށް މުސާރައިން ކަނޑާ ރެކޯޑްސްތައް ބެލެހެއްޓުން.
  • ކުންފުންޏަށް މުވައްޒަފުން ނެގުމަށް އިޢުލާނުކުރުމާއި، ވަޒީފާއަށް ކުރިމަތިލާ މުވައްޒަފުންގެ އެޕްލިކޭޝަންތައް އިވޭލުއޭޓްކޮށް ކެނޑިޑޭޓުންނާއި އިންޓަރވިއުކުރުން.
  • މުވައްޒަފުންގެ މަސައްކަތުގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާން ތައްޔާރުކުރުން.
  • މުވައްޒަފުންނަށް ހިންގާ ތަމްރީންތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • މުވައްޒަފުންގެ ޗުއްޓީއާއި ސަލާމާއި ގުޅޭ ރިކޯޑްތައް ބެލެހެއްޓުމާއި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓްތައް ފޮނުވުން.
  • މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާއި ޙާޟިރީއާއި ގުޅިގެން ހުށަހެޅޭ އެކިއެކި މައްސަލަތައް ބަލާ ހައްލުކުރުން.
  • ކުރާ މަސައްކަތާއި ގުޅިގެން ލިޔަންޖެހޭ ސިޓީ، ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ނޯޓް ފަދަ ތަކެތި ފޮނުވުން އަދި ފައިލް ކުރުން.
  • ކުންފުނީގެ އޮޑިޓް މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.
  • މަސައްކަތުގެ ދާއިރާއިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ ކުންފުނީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް މަސައްކަތްކުރުން.
  • ކުންފުނީގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ވެރިޔަކު އަންގާ ގޮތެއްގެ މަތިން ކުރުން.
  • ހިއުމަން ރިސޯސް ޕޮލިސީ ދިރާސާކޮށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ މެނޭޖްމަންޓާއި ޙިއްސާކުރުން.
  • ހިއުމަން ރިސޯސް ޕޮލިސީ ތަންފީޒުކުރުމުގައި މި ޕޮލިސީއަށް މުވައްޒަފުން ހޭލުންތެރިކުރުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ކުންފުނިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާއިން މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު [email protected] އަށް 11 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލްކޮށްދެއްވުން އެދެމެވެ. އެދެމެވެ.

  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

 

 

04 ފެބުރުވަރީ 2024
ހޯދާ