އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ ޕްރީސްކޫލްގެ ބައެއް މަރާމާތުތައް ކުރުން

މި އިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް އދ.މާމިގިލީ  ޕްރީސްކޫލްގެ ބައެއް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަންބޭނުން ވެއްޖެ އެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2024 ފެބުރުއަރީ  5 ން 2024 ފެބުރުއަރީ 11 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/500 ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ.  ބިޑް ހުށަހަޅުއްވާނީ 2024 ފެބުރުއަރީ 15 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2024 ފެބުރުއަރީ 11 ވާ އާދީއްތަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

31 ޖަނަވަރީ 2024
ހޯދާ