ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީއަށް އާންމު މެމްބަރުން ނެގުމާ ގުޅޭ

މި އިދާރާގެ ނަންބަރު (IUL)375/375/2024/9 (31 ޖެނުއަރީ 2024) އިއުލާނުގައި އާންމުކޮށްފައިވާ "ދ.މީދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމުގެ އުސޫލު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާންމު ރައްޔިތުންގެ ތެރެއިން 02 މެމްބަރުން (1 ފިރިހެން، 1 އަންހެން) މިކޮމިޓީގައި ހިމެނުމަށް ބޭނުންވެއެވެ.

އާންމު ރައްޔިތުންގެ ތެރެއިން އައްޔަންކުރާ މެމްބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް

  • އުމުރުން 18 އަހަރުވެފައިވާ ދ.މީދޫގެ ރައްޔިތެއް ކަމުގައިވުން.
  • ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް ޝައުގުވެރިވާ ކޮމިޓީގެ މަސައްކަތްތަކަށް ވަގުތު ދެވޭނެ ފަރާތަކަށްވުން.
  •  ކޮމިޓީގެ މެންބަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން.

މިކޮމިޓީގެ އާންމު މެމްބަރަކަށް ވުމަށް އެދޭ ފޯރމް މި އިއުލާނާއި އެކު އާންމުކުރެވިފައިވާނެއެވެ. އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ފެބްރުއަރީ 07 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6760042 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ފެބުރުވަރީ 2024
ހޯދާ