މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ފަޅުވެރި / ތ.ވޭމަންޑޫގައި އޮންނަ ސީ-އެމްބިއުލަންސް

ތ.ވޭމަންޑޫގައި އޮންނަ ސީ-އެމްބިއުލަންސް އަށް ކޮންޓްރެކްޓް އުޞޫލުން ފަޅުވެރި މަގާމަށް މުވައްޒަފުން ބޭނުންވެއެވެ.

މަގާމު:

ފަޅުވެރި

ބޭނުންވާ ޢަދަދު:

01 (އެކެއް) ތ.ވޭމަންޑޫގައި އޮންނަ ސީ-އެމްބިއުލަންސް

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1,562.75 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 7,627.75 ރުފިޔާ ލިބޭނެއެވެ.) މީގެއިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ

އާއި،ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1- އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު ގިނަވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުން.

ޢާއްމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

މި މަގާމުގައި މަސައްކަތްކުރާ މުވައްޒަފުން ޢާއްމުކޮށް މަސައްކަތްކުރަންޖެހޭނީ އެ ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ، 2024 ފެބުރުއަރީ 8 ވާ ބުރާސްފަތި ދުވަހު 14.00 ގެ ކުރިން މި ވުޒާރާ އަށް ސިޓީ ފޮނުއްވުން އެދެމެވެ. މި ވުޒާރާއަށް ފޮނުއްވާ ސިޓީތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. މީގެއިތުރުން ވަޒީފާއަށްއެދޭ ސިޓީއާއި ލިޔުންތައް މި ވުޒާރާ އަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ. މި ޕްލެޓްފޯމް ލިންކަކީ:https://message.gov.mv/en/messages އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 އަށް ގުޅުއްވުން އެދެމެވެ.

 

21 ރަޖަބު  1445

 

 

01 ފެބުރުވަރީ 2024
ހޯދާ