ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި އިދާރާއަށް، ތިރީގައިވާ މަޤާމްތަކަށް ވަގުތީގޮތުން މުވައްޒަފުން ބޭނުންވެއްޖެ:

މަޤާމް:                

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (ވަގުތީ)  (8 މަސްދުވަސް)

މަޤާމް ނަންބަރު:

231731

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޜަން:

ކޯޕަރޭޓިވް އެފެއާޒް

މުސާރަ: 

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

އޯވަޓައިމް އެލަވަންސް:     

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

 


ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސެކްޝަނުން ލިޔަންޖެހޭ، ސިޓީ، ރިޕޯޓް ފަދަތަކެތި ތައްޔާރުކުރުން.
  2. ކުޅުދުއްފުށި ތަރައްޤީގެ ޙާލަތާބެހޭ ދިރާސާތައްކޮށް ހިންގަންފެންނަ މަޝްރޫޢުތަކާބެހޭ ޕްރޮގުރާމްތައް ރޭވުން.
  3. ރަށުފެންވަރުގެ މަޝްރޫޢުތަކާއި، ޕްރޮގުރާމްތައް ރޭވުމުގައި ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދުން.
  4. އޮފީހަށް ހޯދަންޖެހޭ ތަކެތި މާލިއްޔަތުގެ ޤަވައިދުގައިވާގޮތުގެމަތީން އަގުބަލައި، ތަކެތި ގަނެ، ސްޓޮ ހަވާލުކުރުމާއި، ކަމާގުޅޭ އެންމެހާއި ލިޔެކިއުންތައް ބެލެހެއްޓުން.
  5. އޮފީހުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް މާލިއްޔަތު ޤަވައިދާ އެއްގޮތަށް ކުރުން.
  6. އިޤްތިޞާދީ ސާވޭތަކާބެހޭ ކަންކަން ކުރުން.
  7. ޚާއްޞަ ޙާލަތްތަކުގައި އޮފީހުގެ އެހެން ސެކްޝަންތަކަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  8. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން، ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމް:                

އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ  (ވަގުތީ)  (9 މަސްދުވަސް)

މަޤާމް ނަންބަރު:

221346

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ޑިވިޜަން:

މުނިސިޕަލް ސަރވިސް

މުސާރަ: 

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

އޯވަޓައިމް އެލަވަންސް:     

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

 

ތަޢުލީމާއި ތަޖުރިބާ: 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. އުފަންދުވަހުގެ ރަޖިސްޓަރީއާއި، އުފަންދުވަހުގެ ސެޓްފިކެޓް ހައްދައި، އެތަކެތި ދޫކުރުން.
  2. ރަށްވެހިވުމުގެ ކަންތައް ބެލެހެއްޓުމާއި، ސެޓްފިކެޓް ދޫކުރުން.
  3. ނަށް ބަދަލުކުރުމާބެހޭ ކަންތައް ކުރުން.
  4. ކާކުކަން އަންގައިދޭ ލިޔުން ދޫކުރުން.
  5. ނިޔާވިކަން އަންގައިދޭ ލިޔުން ދޫކުރުން.
  6. އިލެކްޓޯރަލް ރަޖިސްޓްރީއާބެހޭ މަސައްކަތް ކުރުން.
  7. ޚާއްޞަ ޙާލަތްތަކުގައި އޮފީހުގެ އެހެނިހެން ސެކްޝަންތަކަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
  8. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.


އިންޓަވިއު އޮންނާނެ ތާރީޚް:

މި މަޤާމަށް މީހަކު އޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚެއް އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އިޢުލާނު ކުރެވޭނެވެ. އަދި 15 ފަރާތަށްވުރެން ގިނަފަރާތްތަކަކުން ވަޒީފާއަށް ކުރިމަތިލައިފިނަމަ، އިންޓަވިއު ކުރެވޭނީ ސޯޓް ލިސްޓް ކުރުމަށްފަހު 15 ފަރާތާއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 އެޕްރީލް 9 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  

މަޢުލޫމާތު ސާފުކުރުން:

މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި  6521170 ނަންބަރު ފޯނަށް ނުވަތަ 6521174 ނަންބަރު ފޯނަށް،  ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

                              12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ