ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ގަމު ކައުންސިލަށް ޓްރެކްޓަރަކާއި ވިނަކޮށާ މެޝިނެއް (ސްޕިންޑެލް ރޮޓަރީ ކަޓަރ) ގަތުމަށް

ލ. ގަމު ކައުންސިލަށް ޓްރެކްޓަރަކާއި ވިނަކޮށާ މެޝިނެއް (ސްޕިންޑެލް ރޮޓަރީ ކަޓަރ) ގަތުމަށް 

       މިއިދާރާއަށް ޓްރެކްޓަރަކާއި ވިނަކޮށާ މެޝިނެއް (ސްޕިންޑެލް ރޮޓަރީ ކަޓަރ) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު (އިޢުލާން ނަންބަރު (IUL)399-CA/399/2023/158) އިޢުލާނުގެ މަޢުލޫމާތު ކަރުދާހުގައި މިއިދާރާއަށް ބޭނުންވާ ވެހިކަލްގެ ސްޕެސިފިކޭސަން ދެވިފައިނުވާތީވެ އިޢުލާނު ބާތިލް ކުރުމަށްފަހު އެފުރުސަތު އަލުން ހުޅުވާލަމެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 11 ފެބްރުއަރީ 2024 ގެ 14:00 ކުރިން އިދާރާއަށް ހާޒިރުވެ ނުވަތަ [email protected] މެއިލް އަށް މެއިލް ކުރައްވައިގެން  ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން

11 ފެބްރުއަރީ 2024 (އާދީއްތަ) އާއި ހަމައަށް

14:00 އަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

18 ފެބްރުއަރީ 2024 (އާދީއްތަ)

13:00

 

         އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 ފެބްރުއަރީ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 6801024 / 7611515 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

31 ޖަނަވަރީ 2024
ހޯދާ