އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ގިންތި: ދާއިމީ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ނަންބަރު: 258829

މަޤާމު: ފައިނޭންސް އޮފިސަރ

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސަރވިސް އެލަވަންސް: މަހަކު 2000.00 ރުފިޔާ

މުސާރަ: 5610.00 ރުފިޔާ  

އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

އޮފީސް: އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ޔުނިޓް: ބަޖެޓް އެންޑް ފައިނޭންސް

ސެކްޝަން: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / އދ. މަހިބަދޫ

- ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ފައިނޭންސް/ އެކައުންޓިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ ޝަރުޠު:

- އިދާރީ ދާއިރާގެ ފައިނޭންޝިއަލް ސިޔާސަތުގެ މައްޗަށް ބިނާކޮށް ރަށްރަށުގެ ފައިނޭންޝަލް ޕްލޭންތައް އެކުލަވައިލުމުގައި އެހީތެރިވުން.

- އިދާރީ ދާއިރާގެ ފައިނޭންޝިއަލް ޕްލޭން އެކުލަވާލައި، ކަމާބެގޭ ފަރާތްތަކަށް ހުށަހެޅުން.

- އިދާރީ ދާއިރާގެ ރައްޔިތުންނަށް ނިސްބަތްވާގޮތަށް ހުންނަ ރައްޔިތުންގެ މާލިއްޔަތުގެ ހިސާބުތަކާއި ރެކޯޑްތައް ބަލަހައްޓާ ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތުދިނުމާއި، މަހަކު އެއްފަހަރު މާލިއްޔަތާބެހޭ ރިޕޯޓެއް ކައުންސިލަށް ހުށަހެޅުން.

- އެކިފަރާތްތަކަށް ރައްދުކުރުމަށް ލިބޭ ފައިސާ ހަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން.

- ކައުންސިލްގެ ނަމުގައި ހޯދާ އާމްދަނީގެ ހިސާބުތައް ބެލެހެއްޓުން.

- ކައުންސިލްގެ ޚަރަދާއި، އާމްދަނީގެ އަހަރީ ރިޕޯޓް ތައްޔާރުކޮށްފައި، ލޯކަލްގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.

- ކައުންސިލްގެ އިދާރާއަށް ލިބޭ ފައިސާ ބަލައިގަނެ، ބޭންކަށް ޖަމާކޮށް ރެކޯޑް ބެލެހެއްޓުން.

- މުވައްޒަފުންނަށް މުސާރަ ދިނުމުގައި އެހީތެރިވުން.

- ބައްދަލުވުންތަކާއި، ސެމިނާރުތަކާއި، ވޯކްޝޮޕްތައް ފަދަ ކަންކަމަށް އަންނަ ފަރާތްތަކުގެ އެކޮމަޑޭޝަނާއި، ފަރީއްކޮޅު އިންތިޒާމްކޮށް، އެފަދަ ކަންކަމަށް ޚަރަދުކުރެވޭނެ އިންތިޒާމްކުރުން.

- މީގެ އިތުރުން، ސްޕަވައިޒަރ ނުވަތަ ޒިންމާދާރުވެރިޔާ ވަޒީފާގެ ހައިސިއްޔަތުން ކުރުމަށް އަންގާ ކަންކަން ކުރުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަރވިއުއަށް ބެލޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެކު ބާއްވާ އިންޓަވިއު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވޭނެއެވެ.

އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2015 އެޕްރީލް 13 ވާ ހޯމަ ދުވަހުގެ ހެނދުނު 11.00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް، އީމެއިލް [email protected]، ފެކްސް ނަންބަރު 6680522  އިން ވެސް ހުށަހެޅިދާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިއުމުގެ ކޮޕީ)

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންނަމަ ގުޅާނީ، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6680507 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ