މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ހިދާޔާގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުން.

ބ. ދޮންފަނު މަސްޖިދުލް ހިދާޔާގައި ނެވިލޯން އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 31 ޖެނުއަރީ 2024 ވާ ބުދަ ދުވަހުން ފެށިގެން 7 ފެބްރުއަރީ 2024  ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރެޖިސްޓްރޭޝަން ޝީޓް ހުށަހަޅާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ގައި މި ކައުންސިލްގެ އިދާރާގައެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 6 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

31 ޖަނަވަރީ 2024
ހޯދާ