މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަންފަރު ލޯންޗު މަރާމާތު ކުރަން

ނަންބަރު IUL)232-AG/232/2015/17)ފ(24 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ލިބިލައްވާފައިވާ އަންދާސީހިސާބުތަކާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.

މިއިދާރާގެ ( ގަލްފް ކްރާފްޓް ޓޯރިންގ 36 ) " ރަންފަރު " ލޯންޗް މަރާމާތުކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 09 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ( ކޮންފަރެންސް ހޯލް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

13 ޖުމާދަލްއާޚިރާ 1436

02 އޭޕްރިލް 2015
ހޯދާ