ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސް.އެސް.ޓީވީ، އިސްރައްވެހިންގެ ޤުރްއާން މުބާރާތް

            އަންނަ ރަމަޟާން މަހަށް ޚާއްޞަ ކޮއްގެން އެސް.އެސްޓީވީން ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މުޙިއްމު ޕްރޮތްރާމްތަކުގެ ތެރޭގައި ރާއްޖޭގެ އިސްރައްވެރހީންނަށް ޚާއްޞަކޮއްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

            މި މުބާޜާތަކީ އެމީހަކު ހުރި ތަނެއްގައި ހުރެގެން ފޯނުން ނުވަތަ ކެމެރާއަކުން ކިޔެވުމުގެ ވީޑިއޯ ރެކޯޑް ކޮއްލާފައި ފޮނުވުމުން އެކިޔެވުމެއް މި މުބާރާތުގައި ބައިވެރި ކުރެވޭގޮތަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެސް.އެމް.އެސް އެއް ކުރެއްވުމުން އެސް.އެސް ޓީވީން އެފަރާތަކާ ގުޅައިގެން ބޭނުންވާ އިތުރު މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮއްދޭނެއެވެ. މުބާރާތުގައި ބައިވެރިވާފަރާތުގެ ކިޔެވުން ރެކޯޑް ކުރުމުގައި މިއިދާރާއިންވެސް އެހީތެރިކަން ފޯރުކޮއްދޭނެ ކަމުގައި ދަންނަވަމެވެ. މުބާރާތުގައި  ބައިވެރިވުމަށް  އެސް.އެމް.އެސް ކުރައްވާނެ ގޮތަކީ، IR(space) Name, Age, Island (send to 2747) އަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ 65 އަހަރު ފުރިފައިވާ މީހުންނަށެވެ. މި މުބާރާތުގެ 1 ވަނަ ޢިނާމަކަށް، ކަނޑައެޅިފައިވަނީ، ޢުމްރާ ދަތުރެކެވެ.

            ވީމާ، މި މުބާރާތުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 2024 ފެބްރުއަރީ 15ގެ ކުރިން، މަތީގައި ދަންނަވާފައިވާ ގޮތަށް އެސް.އެމް.އެސްކުރެއްވުމަށް ދަންނަވަމެވެ.

30 ޖަނަވަރީ 2024
ހޯދާ