މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓީވިސީގެ އޮޑިޝަން ބޭއްވުމާއިބެހޭ

މިކައުންސިލާއި އުރީދޫ މޯލްޑިވްސް އާއި ސްކޭޕް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން ރަމަޟާން 2024 އަށް ޓީ.ވީ. ކޮމަރޝަލްއެއް (ޓީ.ވީ.ސީ އެއް) އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. މި ކޮމަރޝަލްއިން ދައްކައިދޭނީ ރަޝީދާ ނަމަކަށް ކިޔާ އަންހެނެއްގެ ޙަޔާތުގެ ޞަފްޙާތަކެވެ. މީގެ އިތުރުން ލަންދޫގެ ޤުދުރަތީ ރީތިކަމާއި، ލަންދޫގެ ތާރީޚާއި ޘަޤާފަތާއި، ޒުވާނުންނާއި ޢުމުރުން ދުވަސްވެފައިވާ މީހުންގެ ގުޅުމާއި، ރޯދަމަހުގެ ބަރަކާތްތެރިކަމާއި، އިންސާނީ ޙަޔާތުގެ އެކި މަރުޙަލާތައް މި ޓީ.ވީ.ސީ އިން ދައްކައިދޭނެއެވެ.

  ވީމާ، މި ޓީ.ވީ.ސީގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 9651323 ނަންބަރު ފޯނާއި ގުޅުއްވާ ނުވަތަ މެސެޖް ކުރައްވާ 2 ފެބުރުއަރީ 2024 ގެ ކުރިން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. މި ޓީ.ވީ.ސީގެ އޯޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 3 ފެބުރުވަރީ 2024 ނުވަތަ 4 ފެބްރުއަރީ 2024 ގައެވެ.

 

 

ޓީ.ވީ.ސީ އަށް މީހުން ބޭނުންވާ ރޯލުތައް:

 

  1. އަންހެނެއް (ޢުމުރު: 50 އަހަރާއި 70 އަހަރާއި ދެމެދުގެ)
  2. ފިރިހެނެއް (ޢުމުރު: 20 އަހަރާއި 40 އަހަރާއި ދެމެދުގެ)
  3. އަންހެނެއް (ޢުމުރު: 20 އަހަރާއި 40 އަހަރާއި ދެމެދުގެ)
  4. ފިރިހެނެއް (ޢުމުރު: 20 އަހަރާއި 35 އަހަރާއި ދެމެދުގެ)
  5. 2 އަންހެނުން (ޢުމުރު: 20 އަހަރާއި 35 އަހަރާއި ދެމެދުގެ)
  6. އަންހެނެއް (ޢުމުރު: 20 އަހަރާއި 30 އަހަރާއި ދެމެދުގެ)
  7. އަންހެން ކުއްޖެއް (ޢުމުރު: 6 އަހަރާއި 10 އަހަރާއި ދެމެދުގެ)
  8. ރަށުގެ ރައްޔިތުންގެ ތެރެއިން ބޭފޫޅުން (ޢުމުރު: އެކި އުމުރުތައް)
30 ޖަނަވަރީ 2024
ހޯދާ