ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ހުދާ މިސްކިތުގެ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

         މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު މަސްޖިދުލް ހުދާގައި ހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2024 ވާ ބުދަ ދުވަހުން ފެށިގެން 05 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ލިންކުގައިވާ ރެޖިސްޓްރޭޝަން ޝީޓްގެ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/250 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 05 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހު 13:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

         މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 05 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

         ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.   

     

ރެޖިސްޓްރޭޝަން ފޯމުގެ ލިންކް ތިރީގައި މިވާ ކިއު.އާރ ކޯޑް ސްކޭން ކޮށްލުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.
https://shorturl.at/eDGO0

29 ޖަނަވަރީ 2024
ހޯދާ