ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ކަޅެގަލެކޮޑާ 2024 " ކުރިޔަށްދާ ކުރިއަށްދާ މުއްދަތުގައި ރާޅުގަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް މޭޒުތައް ކުއްޔަށް ދޫކުރުމާގުޅޭ:

" ކަޅެގަލެކޮޑާ 2024 " ކުރިޔަށްދާ ކުރިއަށްދާ މުއްދަތުގައި ރާޅުގަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް މޭޒުތައް ކުއްޔަށް ދޫކުރުމާގުޅޭ:

2024 ފެބްރުއަރީ 14 އިން 17 އަށް ގދ. ގައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ސަރފް ލީގްގެ މިއަހަރުގެ އެންމެ ފުރަތަމަ މުބާރާތް، "ކަޅެގަލެކޮޑާ" 2024 ކުރިޔަށްދާ މުއްދަތުގައި، ގައްދޫ ރާޅުގަނޑު ސަރަޙައްދުން ކެންޓީން ހިންގުމަށް މޭޒުތައް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ މޭޒުގެ އަދަދު: 5
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ތަނުގެ ބޮޑުމިން: 10'×'10
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އަގު: ދުވާލަކަށް -/150ރ (ސަތޭކަ ފަންސާސް ރުފިޔާ)
  • ކުއްޔަށް ދޫކުރާ މޭޒުތަކަށް ބޭނުންވާ ކަރަންޓު ނެގޭނެ އިންތިޒާމް ކައުންސިލުން ހަމަޖައްސައި ދެވޭނެއެވެ. އަދި މޭޒުތަކުގައި އިތުރަށް ބޭނުންވާ ކަރަންޓް ނެގުމަށް ބޭނުންވާ ކަރަންޓް އެކްސްޓެންޝަން ބޯޑް ފަދަ ތަކެތި ހޯދުމަކީ މޭޒު ކުއްޔަށްހިފާ ފަރާތުގެ ޒިންމާއެކެވެ.
  • ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޢަދަދަށްވުރެ އިތުރަށް ކުއްޔަށް ހިފުމަށް ހުށަހަޅާފައިވާނަމަ މޭޒުތައް ދޫކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅާ 5 ފަރާތަކަށެވެ. އަދި އެއް އަގެއް ހުށަހަޅާފައިވާ ފަރާތްތަކެއްވާނަމަ މޭޒު ލިބޭ ފަރާތެއް ހޮވޭނީ ޤުރުއަތުންނެވެ.

ވީމާ، "ކަޅެގަލެކޮޑާ" 2024 ، ކުރިއަށްދާ މުއްދަތުގައި އެސަރަޙައްދުގައި ކެންޓީން ހިންގުމަށް މޭޒު ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި 2024 ފެބްރުއަރީ 07 ވާ ބުދަ ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

29 ޖަނަވަރީ 2024
ހޯދާ