ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ހަޓް މަރާމާތް ކުރުމާއިގުޅޭ

ބަނދަރުގެފަރާތުގައިވާ 2 ހަޓް މަރާމާތް ކުރުމާއިގުޅޭ

       ބަނދަރުގެ ފަރާތުގައިވާ 2 ހަޓް އަމިއްލަ ތަކެތީގައި މަރާމާތް ކުރުމަށް ބޭނުންވެއްޖެ.

       ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން  06 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ދެވޭ މައުލޫމާތު

  1. ދެ ހަޓް ސީލިން ކުރުން – އެތެރޭގެ ސީލިންގް އަސްކަނި ސީލިންގް ކުރަންވާނީ 6އެމް.އެމް ސިމެތި ފިލާއިން، ސީލިންގް ފްރޭމް ގައި 2 ފޫޓުން ފައިދޮއް އެޅުން، ސީލިންގް ފިލާ ހަރުކުރުމަށް ''50.'1 އިންޗިން އިސްކުރޫ ޖެހުން ސީލިންގް ބެއްދުންތަކުގައި ޕްޓީއަޅާ ގާނާފައި ހުންނަންޖެހޭނެއެވެ.
  2. ދެ ހަޓުގައި ދިޔަދޮވި ހަރުކުރުން (ދިޔަދޮވީގެ ކުލަ ފެހި) ދިޔަދޮވީގައި ފެން ހޮޅި ހަރުކުރުން، (2.50 އިންޗް މީޑިއަމް ސައިޒް)
  3. ދެ ހަޓުގެ ސީލިންގް ގައި 2 ޑައުންލައިޓް (12ވޯޓް) އޮޓޯސްވިޗާއިއެކު ހަރުކުރުން
  4. ދެ ހަޓުގެ އެތޭގައި އިށީންދެވޭ ގޮތަށް ވަށައިގެން އަށި ހަދައި (އުސްމިން ''50.'2 ފުޅާމިން ''50.'1) ހުދު މުށިޖެހުން  

މާކުސް ދެވޭނެ މިންގަޑު

  1. އަގު: %70 (އަގަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށެވެ. ޖީއެސްޓީ ރަޖިސްޓްރީ ކޮއްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  2. މުއްދަތު: %20 މުއްދަތަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުރުމުއްދަތެއްގައި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ އެންމެ މަތިން މާކުސް ލިބޭ ފަރާތްކަމުގައި ބަލައިގެންނެވެ.
  3. ފަންނީގާބިލުކަން/ތަޖުރިބާ: ފަންނީގާބިލުކަމަށް މާކުސްދިނުން: މިބަޔަށް މާކުސް ދިނުމުގައި ބަލާނީ ވޭދުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށަހެޅުމަށް ދެވުނު މައުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން  ކޮންމެ ލިޔުމަކަށް 2 މާކުސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 10 މާކުސް
28 ޖަނަވަރީ 2024
ހޯދާ