މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޭނުންކޮށްފައިވާ 01 ލާންޗް އަދި 01 ވޭން ނީލަމުގައި ވިއްކުމާބެހޭ

     މި އޮފީހުގެ (IUL) 14-A4/1/2024/4 (14 ޖަނަވަރީ 2024) ނަމްބަރު އިއުލާނާ ގުޅިގެން 23 ޖަނަވަރީ 2024 ގައި ބޭއްވުނު ނީލަން ކާމިޔާބު ކުރި ފަރާތްތަކުން، ދެވިފައިވާ ވަގުތުގެތެރޭގައި ފައިސާދައްކާފައިނުވާތީ  އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 07 ފެބްރުއަރީ 2024 ވާ ބުދަ ދުވަހު ހެނދުނު ތިލަފުށި ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ތަކެތީގެ ބާވަތް

ތަކެތީގެ ތަފްސީލް

ގަޑި

VAN

TOYOTA (PICK-UP) -HELIX (REG:G2363)

MODEL NUMBER: TOYOTA-KUN16RPRPSYTA3

10:00

LAUNCH

G9939A-02 10-T (YAMAHA 2 ENGINE) Launch-10

ދިގު މިން : 9.450 މީޓަރު

ފުޅާ މިން : 2.920 މީޓަރު

10:30

 

      ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

 

      ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

 

      ވީމާ، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތައް    07 ފެބްރުއަރީ 2024 ވާ ބުދަ ދުވަހު ތިލަފުށި ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

 

      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖަނަވަރީ 2024
ހޯދާ