މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހަނިމާދޫ ކަސްޓަމްސްގައި ބޭނުންކޮށްފައިވާ 01 ވޭން ނީލަމުގައި ވިއްކުމާބެހޭ

                  މި އޮފީހުގެ (IUL) 14-A4/1/2024/5 (14 ޖަނަވަރީ 2024) ނަމްބަރު އިއުލާނާ ގުޅިގެން 23 ޖަނަވަރީ 2024 ގައި ބޭއްވުނު ނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން  07 ފެބްރުއަރީ 2024 ވާ ބުދަ ދުވަހު ހެނދުނު 11:00 ގައި ހަނިމާދޫ ކަސްޓަމްސްގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                  ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު،  ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

                  ނީލަން ކާމިޔާބުކުރާ ފަރާތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ

                  ވީމާ،  ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތައް 07 ފެބްރުއަރީ 2024 ވާ ބުދަ  ދުވަހުގެ ހެނދުނު 11:00 އަށް ހަނިމާދޫ ކަސްޓަމްސްއަށް ހާޟިރުވެވަޑައިގަތުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށާއި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޖަނަވަރީ 2024
ހޯދާ