މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޖެނެރަލް މެނޭޖަރ

މަޤާމް : 

ޖެނެރަލް މެނޭޖަރ

ބޭނުންވާ އަދަދު:  

1 ( އެކެއް ) 

މުސާރައާއި އެލަވަންސް: 

  1. މުސާރަ: މަހަކު -15,000/-ރުފިޔާ (ފަނަރަހާސް ރުފިޔާ) 
  2. ސަރވިސް އެލަވަންސް: މަހަކު -/5500 ރުފިޔާ (ފަސްހާސް ފަސްސަތޭކަ ރުފިޔާ) 
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 

އޮފީސް : 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 

  • ހިއުމަން ރިސޯރސަސް ދާއިރާއިން  މާސްޓަރސް ޑިގްރީ ލިބިފައިވުން އަދި ހިއުމަން ރިސޯރސަސް ދާއިރާއެއްގައި 03 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

  ނުވަތަ

  • ހިއުމަން ރިސޯރސަސް ދާއިރާއިން ފުރަތަމަ ޑިގްރީ ލިބިފައިވުން އަދި ހިއުމަން ރިސޯރސް ދާއިރާގައި  5 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއެކު  އެގްޒެކެޓިވް ރޯލެއްގައި މަދުވެގެން 2 އަހަރު ދުވަހު އުޅެފައިވުން

މަޤާމުގެ މައިގަނޑު  މަސްޢޫލިއްޔަތު 

  • ހިއުމަން ރިސޯރސަސް ޑިވެލޮޕްމަންޓް ޕްލޭންތައް އެކުލަވާލައި ތަންފީޒުކުރުން
  • ޕާރފޯރމަންސް އެޕްރައިސަލް ސިސްޓަމް ހަރުދަނާކޮށް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުން
  • މުވައްޒަފުންގެ ޓްރޭނިންގ ނީޑްސް ދެނެގަތުމާއި މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައްއެކަށައަޅައި ތަންފީޒުކުރުން
  • އެޗްއާރު ޕޮލިސީތަކާއި ޕްރޮސެސްތައް ހަރުދަނާކޮށް ތަރައްޤީކުރުމަށްކުރަންޖެހޭ މަސައްކަތްތައްކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން 
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ 
  • ކުރެވޭ އިންޓަރވިއު އިން ފާސްވުން. 
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން. 

ރަސްމީ މަސައްކަތު ގަޑި:  

  • ހެނދުނު 08:00 އިން  ހަވީރު 15:00 އަށް    

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް 

  1. ވަޒީފާއަށްއެދޭ ފޯމް 
  2. ވަނަވަރު (ސީވީ) 
  3. އައިޑީ ކާޑުގެ ކޮޕީ 
  4. ތަޢުލީމީ ސެޓްފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)   
  5. ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)   

** އީމޭލްއިން ފޮނުއްވާނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއްޑޮކިއުމަންޓެއްގޮތުގައި ސްކޭންކޮށްފަPDFއެއްލިޔުންކޮށްފައެވެ. މިނޫން އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ. 

ސުންގަޑި:  

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2024  ފެބްރުވަރީ 01 ވާ ބުރާސްފަތި  ދުވަހުގެ  14:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް  2024 ފެބްރުވަރީ 01 ވާ ބުރާސްފަތި ދުވަހުގެ  14:00 އާ ހަމައަށް   ޕޯސްޓް ބިލްޑިންގގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.   

*ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

އިންޓަވިއު:  

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 

ވަޒީފާއަށް އެދޭނެ ގޮތް: 

 

  • ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ. 

https://www.maldivespost.com/media/downloads/job-application-form 

އިތުރު މަޢުލޫމާތު:  

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ. 
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ އެކްސްޓެންޝަން  3315555-273 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 
28 ޖަނަވަރީ 2024
ހޯދާ