އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ އޮމަދޫ ލޭންޑް ޔޫސް ޕްލޭންގައިވާ 33.3 ނަންބަރު ބިން (ހެޗަރީ) 10 އަހަރަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

އދ އޮމަދޫ ލޭންޑް ޔޫސް ޕްލޭންގައިވާ 33.3 ނަންބަރު ބިން (ހެޗަރީ) 10އަހަރަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ލޭންޑް ޔޫސް ޕްލޭންގައިވާ 33.3 ނަންބަރު ބިން (ހެޗަރީ) 10 އަހަރަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް

ކުރެވުނު ނަންބަރު (IUL)348-EM/348/2023/141 (28 ޑިސެމްބަރ 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް

ހުށައަޅާފައި ނުވާތީ، އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް

ހުށައެޅުމަށް ދަޢުވަތު ހުޅުވާލަމެވެ.

ރަޖިސްޓްރީ ކުރުން

މި  ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 ޖަނަވަރީ 28 ން ފެށިގެން 2024 ފެބްރުއަރީ 8 ވާ ބުރާސްފަތި ދުވަހުގެ

12:00 ގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުން އެދެމެވެ.

ރަޖިސްޓަރީވުމަށް: https://forms.office.com/r/fC8kzqqqCe

މިބިމާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް 2024 ފެބްރުއަރީ 7 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ މެއިލް މެދުވެރިކޮށް ހުށައެޅުން

އެދެމެވެ.

މެއިލް: [email protected]

ބިން ހޯދުމަށް އެދި ޕްރޮފޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ 2024 ފެބްރުއަރީ 25 ވާ އާދީއްތަ ދުވަހުގެ 10:00 އެވެ. ޕްރޮޕޯސަލްތަށް ހުޅުވުން

އޮންނާނީ 2024 ފެބްރުއަރީ 25 ވާ އާދީއްތަ ދުވަހުގެ 10:05 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އަދި ރަޖިސްޓްރީ ކުރާ ފަރާތުން ޕްރޮޕޯސަލް ހުށައެޅުމަށް ހާޒިރުވެވެން ނެތްނަމަ އެކަން ލިޔުމަކުން އެންގުން އެދެމެވެ. ހުށައަޅާ ލިޔުމުގައި ބަދަލުގައި

ފޮނުވާ މީހާގެ މަޢުލޫމާތު ހިމެނުމަށްފަހު އެފަރާތުގެ އައިޑީކާޑު ކޮޕީއެއް ހުށައަޅަންވާނެއެވެ.

މިބިން ކުއްޔައް ދިނުމަށް މިއިދާރާއިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ތައްޔާރުކޮށް ހުށައެޅުންއެދެމެވެ. ހުށައަޅާފައިވާ ޕްރޮޕޯސަލްގައި

ފުރިހަމަކުރަންޖެހޭ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނުވާނަމަ އެ ޕްރޮޕޯސަލް ބާތިލް ވާނެއެވެ.                              

28 ޖަނަވަރީ 2024
ހޯދާ