މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސީނިއަރ ހިއުމަންރިސޯސް އޮފިސަރ

މަޤާމު:

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-273132

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް / ހުޅުލެ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  • ޓެކްނިކަލް ކޯ އެލަވަންސް:         80/1969 ރުފިޔާ
  • އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާ  -/60ރ
  • އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ކޮންމެ މަހެއްގެ މުސާރަ ޝީޓް ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ތައްޔާރު ކޮށް ހިގާ މަހުގެ 30  ވަނަ ދުވަހުގެ ކުރިން ހަމަޖެހިފައިވާ އުޞޫލާ އެއްގޮތަށް މުވައްޒަފުގެ މުސާރަ ދެވޭގޮތަށް ސެޕް ސިސްޓަމްއަށް އެޅުން އަދި މުވައްޒަފުންގެ ޕެންޝަން އާއި އެހެނިހެން ސްކީމްތައް ތައްޔާރުކޮށް ސެޕް މެދުވެރިކޮށް ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އަޕްލޯޑްކުރުން.                                                              

2. ދިވެހި ސިވިލްސަރވިސްގެ ޤަވާއިދާއި އެއްގޮތަށް މުވައްޒަފުންގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް ބެލެހެއްޓުން އަދި މުވައްޒަފުންގެ ހާޒިރީއާ ގުޅޭ މަސައްކަތްތައް ކުރުން.                                        

3. މުވައްޒަފުންގެ އަހަރީ ޗުއްޓީ ތާވަލް އެކުލަވާލުމާއި މުވައްޒަފުންނަށް ދޭންޖެހޭ އެންމެހާ ޗުއްޓީތަކަށް އެދުމުން ޗުއްޓީ ހަމަޖެއްސުމުގެ ކަންކަން ހަމަޖެއްސުމާއި މުވައްޒަފުންގެ ޗުއްޓީ ރެކޯޑްސް ބެލެހެއްޓުންް.                   

4. މިސަރވިސްގެެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމާއި ކޮންޓްރެކްޓް ކުރުމާއި، ވަޒީފާދިނުމާއި ވަޒީފާއިން ވަކިކުރުމުގެ އެންމެހާ ކަންކަން ސީ.އެސް ވިއުގަ މެދުވެރިކޮށް ކުރުން އަދި އަލަށް ވަޒީފާދޭ މުވައްޒަފުންގެ ވަޒީފާ ބަޔާން އަދި ވަޒީފާގެ އެއްބަސްވުން ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާއި އެއްގޮތައް ތައްޔާރު ކުރުމާއި މުވައްޒަފުންގެ މަސްކަތްތައް ބަދަލުވުމުން ވަޒީފާ ބަޔާން އިސްލާޙް ކޮށް މުއްވަޒަފާއި ކޮޕީއެއް ހަވާލުކުރުން.                                            

5. މުވައްޒަފުންގެ މަސައްކަތަށް އަހުލުވެރިކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީ ކުރުމަށް ހިންގަންޖެހޭ ތަމްރީނުތައް ރާވާ ހިންގުމާއި ސިވިލް ސަރވިސްގެ ޤަވާއިދާއި މޯލްޑިވްސް މީޓިއޮރޮލޮޖިަކލް ސަރވިސްގެ ޤަވާއިދާއި އުސޫލުތަކާއި ބެހޭގޮތުން މުވައްޒަފުން ހޭލުތެރިކުރުވުމާއި މުވައްޒަފުން ސާފުކުރަން ބެޭނުންވާ ކަންތައް އޮޅުންފިލުވައިދިނުން.                       

6. މުވައްޒަފުންނާއިބެހޭ ލިޔުންތައް ލިބޭތާ 3 ދުވަހުގެތެރޭގައި ދިވެހި ސިވިލްސަރވިސް ޤަވާއިދާއި އެއްގޮތަށް ޕާރސަނަލް ފައިލްއަށް ފައިލްކޮށް ޕަރސަނަލް ފައިލްތައް ބެލެހެއްޓުން.                                       

7. މިސަރވިސްގެ މުވައްޒަފުންނާއި ގުޅޭކަންތައްތައް ލުއިފަސޭހަކުރުމާއި މުވައްޒަފުންގެ ކަންތައްތައް ބެލެހެެއްޓުން އަވަސް ކުރުމާއި ހަރުދަނާ ކުރުމުގެ ގޮތުން އިސްވެރިންގެ ލަފަޔާ މަޝްވަރާ އާއިއެކު ކުރަންޖެހޭ ކަންތައްތައް ތަންފީޒުކުރުން އަދި މުވައްޒަފުން އެކިކަންކަމާއި ގުޅިގެން ފޮނުވާ ސިޓީތަކަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބުދިނުން.                                                                                                                             

8. މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ތައްޔާރުކޮށް، އެންގުން އަންގާ ސޮއިކުރުވަންޖެހޭ ލިޔެކިއުން ތަކުގައި ސޮއިކުރުވުން، އަދި ރާއްޖެތެރޭގެ މެޓް އޮފީސްތަކަށް ލިޔެކިއުން ފޮނުވުން.                                      

9. އަހަރު ރިޕޯޓް އަށް ބޭނުންވާ މުވައްޒަފުންނާބެހޭ މަޢުލޫމާތު ތައް ، އަހަރު ރިޕޯޓް ތައްޔާރުކުރާ ސެކްޝަނަށް ދިނުން އަދި ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ މުވައްޒަފުންގެ މަޢުލޫމާތު ބަޖެޓް ތައްޔާރުކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްދޭ ސުންގަޑި ހަމަވުމުގެ ކުރިން ފައިނޭސް ޔުނިޓަށް ފޮނުވުން.      

10. ޓްރޭނިންގ ނީޑް އެސެސްމަންޓް ހެދުމާއި ޓްރޭނިންގ ރިކުއާމަންޓް ތައްޔާރުކޮށް ދެވިފައި ޑެޑްލައިންތަކަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.                                                                                                 

11. ރާއްޖޭންބޭރުންލިބޭ ކުރު ކޯސްތަކާއި ދިގު މުއްދަތުގެ ކޯސްތަކުގައި މުވައްޒަފުން ފޮނުވުމުގައި ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުން އަދި ސިވިލް ސަރވިސްއިން އިންތިޒާމުކުރާ ތަމްރީންތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެ މަސައްކަތްކުރުން.                                                                   

12. މުވައްޒަފުންގެ އަޚުލާގައި ސްލޫކާއި ބެހޭގޮތުން ސްޕަވައިޒަރުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށް ދިނުމާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެގެން ނުވަތަ އެހެންވެސް ޤާނޫނަކާއި ޚިލާފަށް މުވައްޒަފަކު އަމަލު ކުރާނަމަ އިސްލާހީ ފިޔަވަޅު އެޅުމުގެ މަރުހަލާ ހަމަޖެހިފައިވާ އުސޫލުތަކާއި ޤަވާއިދު ތަކާއި އެއްގޮތަށް އަމަލުކުރުން.                                                        

13. އަލަށް ވަޒީފާދޭ މުވައްޒަފުން ޕްރޮބޭޝަން މުއްދަތުގައި ބަލަންޖެހޭ ކަންކަން ބެލުމާއި ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޕްރޮބޭޝަން މުއްދަތު ހަމަވުމުން ދާއިމީ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.                                            

14. މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިސަލް ކުރިޔަށްދާގޮތް ބެލުމާއި މި މަސައްކަތްކުރުމަށް ސިވިލް ސަރވިސްއިން ކަނަޑައަޅާފައިވާ އުސޫލާއި އަވާއިދާއި އެއްގޮތަށް ކުރިޔަށް ގެންގޮސް ހަމަޖެހިފައިވާ ސުންގަޑީގެ ކުރިން ނިންމުން.                                                             

15. ސިވިލް ސަރވިސްއިން ހަމަޖައްސާފައިވާ އުސޫލާއި އެއްގޮތަށް ކޮންޕްލަޔަންސް އޯޑިޓް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމާއި ހަމަޖެހިފައިވާ ސުންގަޑީގެ ކުރިން އޯޑިޓްކުރުވުމަށް ފަހު އޯޑިޓް ރިޕޯރޓް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.                                                         

16. މުވައްޒަފުންނަށް އިޖްތިމާޢީ ޙަރަކާތްތައް ރާވާ ހިންގުން. އަދި މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އިންތިޒާމުކުރަންޖޭ ކަންތައްތައް ސީނިޔަރ މެނޭޖްމަންޓްގެ ލަފަޔާއި މަޝްވަރާގެ މަތިން ކުރުން.            

17. ހިއުމަން ރިސޯސް މެނޭޖްމަންޓް ޔުނިޓްއިން ކުރާ އެހެނިހެން މަސައްކަތުގައި އެހީތެރިވުމާއި، ޚާއްސަ ހާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.  

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީ އެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީ އެއް ޙާޞިލްކޮށްފައިވުމާ އެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ  މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގު(ތައް):

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ހިއުމަން ރިސޯސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން(ތައް) :

  • ނެތް

ކޯ ޑިސިޕްލިން(ތައް):

  • ހިއުމަން ރިސޯސް މެނޭޖްމަންޓް

ގުޅޭވަޒީފާގެ ދާއިރާތައް:

  • ހިއުމަން ރިސޯސް

 (ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ(ތައް):

  • ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

https://www.meteorology.gov.mv/downloads/49/view

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލްސަރވިސްގެ ވަޒީފާ ތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައި ވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ފެބުރުވަރީ 01 ވަނަދުވަހުގެ 13:00ގެ ކުރިން، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށެވެ. ނުވަތަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ  [email protected]    އީމެއިލް އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ10 ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން)  އޮންނާނީ، 2024 ފެބުރުވަރީ  05 ވަނަދުވަހާއި، 08 ވަނަދުވަހާއި ދެމެދު، މޯލްޑިވްސް މީޓިއޮރޮލޮޖީ (ހުޅުލެ) ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިސަރވިސްގެ 3037215 ނުވަތަ 3037224 ނަމްބަރ އަށެވެ. ނުވަތަ މިސަރވިސްގެ [email protected]  އީމެއިލް އަށް މެއިލް ކުރެއްވުން އެދެމެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް '' ރެކްރޫޓްމެންޓް އުޞޫލު '' (https://www.csc.gov.mv/policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

28 ޖަނަވަރީ 2024
ހޯދާ