ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
400 މަގުބައްތި، 150 ފޮޓޯސެލް ސުވިޗް އަދި 80 ޑިޖިޓަލް ޓައިމަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

400 މަގުބައްތި، 150 ފޮޓޯސެލް ސުވިޗް އަދި 80 ޑިޖިޓަލް ޓައިމަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

     ލ.ގަމުގެ މަގުތަކުގައި ހަރުކުރުމަށް ބޭނުންވާ 400 (ހަތަރުސަތޭކަ) މަގުބައްތި، 150(ސަތޭކަ ފަންސާސް) ފޮޓޯސެލް ސްވިޗް އަދި 80 (އަށްޑިހަ) ޑިޖިޓަލް ޓައިމަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 05 ފެބްރުއަރީ 2024 ގެ 14:00 ކުރިން އިދާރާއަށް ހާޒިރުވެ ނުވަތަ [email protected] މެއިލް އަށް މެއިލް ކުރައްވައިގެން  ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

ބީލަމުގައި ރަޖިސްޓުރީވުމަށް

ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް އިދާރާއަށް ހާޒިރުވެ ހުށަހެޅުން ނުވަތަ [email protected]  އަށް މެއިލް ކުރައްވައިގެން

05 ފެބްރުއަރީ 2024 (ހޯމަ) އާއި ހަމައަށް

14:00 އަށް

2

ބީލަން ހުށަހެޅުން

ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

12 ފެބްރުއަރީ 2024 (ހޯމަ)

13:00

 

      އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 ފެބްރުއަރީ 12 ވާ ހޯމަ ދުވަހުގެ 12:00 އާއި ހަމައަށް ގަމު ކައުންސިލްއަށް ހާސިރުވެ ނުވަތަ 6801024 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ، މިކަން އަންގާ އިއުލާން ކުރީމެވެ.

26 ޖަނަވަރީ 2024
ހޯދާ