މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire a music band to perform at ITB Berlin 2024

 

                                                                                     (IUL)MMPRC-PRO/1/2024/06 ނަންބަރ

 

އިޢުލާން

2024 ވަނަ އަހަރުގެ މާރިޗު މަހުގެ 05 ން 07 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ނައިޓް ގައި ދިވެހި ރާއްޖެ ތަމްސީލް ކޮށް މިޔުޒިކު ހުށަހަޅާދޭނެ ދިވެހި މިޔުޒިކް ބޭންޑެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖެނުއަރީ 29 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް، ހ. ޒޮނޭރިޔާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ފެބުރުއަރީ 01 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

  

                         13 ރަޖަބު 1445ހ.

                         25 ޖަނަވަރީ 2024މ

 

25 ޖަނަވަރީ 2024
ހޯދާ