ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި ބޭއްވި އެޑެކްސެލް އައިއޭއެލްގެ އިމްތިޙާނުގެ ނަތީޖާ ރީޗެކް ކުރުން:

އިޢުލާން

2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި ބޭއްވި އެޑެކްސެލް އައިއޭއެލްގެ އިމްތިޙާނުގެ ނަތީޖާ ރީޗެކް ކުރުން:

2023 ވަނަ އަހަރުގެ އޮކްޓޫބަރުގައި ބޭއްވި އެޑެކްސެލް އައިއޭއެލް އިމްތިޙާނުގެ ނަތީޖާ ރީޗެކް ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު 2024 ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށެވެ.

މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯރމް) ފުރިހަމަ ކުރުމަށްފަހު 2024 ފެބުރުވަރީ 07 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ. ސާރވިސް ރިކުއެސްޓް ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ސެންޓަރތަކުން ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެދަރިވަރަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

ނަތީޖާ އަދި ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު އިމްތިހާނުގެ ވަގުތީ ނަތީޖާ ސްލިޕްގެ ކޮޕީއަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

25 ޖަނަވަރީ 2024
ހޯދާ