މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާ ބެހޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާ ބެހޭ

 

 

އަލަށް ގެވަޅު ދޫކުރެވޭ ސަރަހައްދު " ތޯތާގޯޅި އާއި ހަވީރީ ހިނގުމާއި" ދެތެރޭގައި އަދި " ރަތްވިލާ " ގެއާ " އުންމުލް ޤުރާ" އާއިދެމެދު ގައިވާ ގޯޅިން ފެށިގެން ކުނިކޮށްޓަށް ދިއުމަށް އަލަށް ހެދޭ މަގަށް ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމަށް ހޮޅިއެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، އެސަރަހައްދުގައި 1 ން 48 ށް އޮރެންޖު ކުލައިން ނަމްބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިދެންނެވި ނަމްބަރ ޖަހައިފައިވާ ރުއްގަހުގެ ވެރިފަރާތުން ރުއްގަހުގެ ބަދަލު މައްސަލަ ނިންމުމަށްޓަކައި ރުގަހުގެ ތަފްސީލާ އާއި އެކު 08 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށައެޅުމަށް ދަންނަވަމެވެ. 

25 ޖަނަވަރީ 2024
ހޯދާ