ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ މަސްކަނޑާ ހަޓުގެ މިނީޝޮޕް ކުއްޔަށް ދޫކުރުމާއި ގުޅޭ

މަސްކަނޑާ ހަޓުގެ މިނީޝޮޕް ކުއްޔަށް ދޫކުރުމާއި ގުޅޭ

މިރަށު ބަނދަރުގެ ހުޅަނގުފަރާތާއި އިރުމަތީ ފަރާތުގައި މިކައުންސިލުން އިމާރާތް ކޮށްފައިވާ މަސްކަނޑާ 2 ހަޓުގެ މިނީޝޮޕް ވިޔަފާރި އުޞޫލުން މީލާދީ 10 (ދިހައެއް) އަހަރު ދުވަހަށް ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ.

     ވީމާ، މި އިމާރާތްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ތަން

ދުވަސް

ތާރީޙް

ގަޑި

ޕްރޮޕޯސަލް ހުށަހެޅުން

އިހަވަންދޫ ކައުންސިލްގެ އިދާރާ

ބުދަ

07 ފެބުުވަރީ 2024

13:00

 

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަދަ އެއްހީރާސްކޮށް، ވިޔަފާރި ކުރުމަށް މަސްކަނޑާ ހަޓްގެ މިނީ ޝޮޕް ކުއްޔަށް ހިފުމުގެ (މައުލޫމާތުގައި އެންގިފައިވާ ގޮތަށް) ކޮން އިމާރާތެއްގެ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ލިޔުއްވާފައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މިއިދާރާއަށް ދުރުވެ އަދި މިއިދާރާގެ ނަންބަރު 6500252 ފޯނާއި ގުޅުއްވައިގެން ސާފުކުރެވޭނެއެވެ.

 މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

‏                                      13‏ ރަޖަބް‏ 1445

24 ޖަނަވަރީ 2024
ހޯދާ