މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
މިސްކޫލުގެ ދެކުނުފަރާތުގައި ހުރި ފެންތާނގީތައް އެތަނުން ނަގާ، ސްކޫލްގެ ހުޅަނގުފަރާތުގައި ފެންތާންގީތައް ބެހެއްޓުމުގެ މަސައްކަތް އަދި ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ޕާރކިންގ ޒޯންއެއް ހެދުމަށް،

 `

 

ފ. މަގޫދޫ ސްކޫލް

 

 

     މާލެ،

 

   ދިވެހިރާއްޖެ.

 

                                                                                                                                           އިޢުލާން ނަންބަރ:GS71-D/IUL/2024/02  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މިސްކޫލުގެ ދެކުނުފަރާތުގައި ހުރި ފެންތާނގީތައް އެތަނުން ނަގާ، ސްކޫލްގެ ހުޅަނގުފަރާތުގައި ފެންތާންގީތައް ބެހެއްޓުމުގެ  މަސައްކަތް އަދި ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ޕާރކިންގ ޒޯންއެއް ހެދުމަށް، ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޖަނަވަރީ 25 އިން 2024 ޖަނަވަރީ 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  4. މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.
  6. ބިޑް ހުޅުވުން އޮންނާނީ 2024 ފެބްރުއަރީ 05 ވާ ހޯމަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

އިދާރީ ސެކްޝަން

ފ.މަގޫދޫ ސްކޫލް

ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.

ފޯން: 6740591 / 7460951

އީ-މެއިލް: [email protected]

 

13    ރަޖަބު    1445 ހ.

 24   ޖަނަވަރީ    2024 މ.

 

24 ޖަނަވަރީ 2024
ހޯދާ