ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ބީ-ޒޯން ލައިސަންސް ދޫކުރުމަށް އެގްޒަމިނާރއެއް ހޯދުމަށް

މި އިދާރާއިން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ބީ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރަކު ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި އިއުލާން ނަންބަރު (IUL)257/257/2024/3 (11 ޖަނަވަރީ 2024) އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާންވަނީ ބާތިލްކުރެވިފައެވެ. އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެންވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެކެވެ. މި ފުރުސަތު ދެޖިންސުގެ މީހުންނަށްވެސްވަނީ ހުޅުވާލެވިފައެވެ.

-  ބޭނުންވާ އަދަދު: 01

-        ޝަރުތު:

  • A A1، C3 C4  ގިންތީގެ ލައިސަންސް އޮތުން.
  • ދޫކުރި ތާރީޙުންފެށިގެން މަދުވެގެން 3 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  •  ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • އުމުރުން 55 އަހަރު ހަމަނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްޙަތެއްގައި ހުރުން.
  • ޑްރައިވިންސް ސުކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައިނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންސް ސުކޫލެއްގައި މަސައްކަތްކޮށްފައިނުވުން.

-          އުޖޫރަ:

  • ޓެސްޓްކުރާ ކޮންމެ A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ.
  • އެހެނިހެން ކެޓަގަރީގެ ޓެސްޓުކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

 

                          ވީމާ ދެންނެވިފައިވާ ޝަރުތުތައްހަމަވާ ފަރާތްތަކުން (ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު) 04 ފެބްރުވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުން ކުރިއަށްދާނީ ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 13:00 އަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ލިޔުންތައް ފޮނުއްވާނީ [email protected]  މި އީމެއިލް އަށެވެ.

 

 

 

 

-          ހުށަހަޅަންޖެހޭ ތަކެތި:

  • އެދި ހުށަހަޅާ ސިޓީ
  • ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.
  • ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީ.ވީ) .
  • 3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯރޓް.
  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ

 

                        

                       ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

                                 

                                         13 ރަޖަބް 1445 

24 ޖަނަވަރީ 2024
ހޯދާ