މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތްމަންދޫގައި ހިންގާ އިޖުތިމާޢީ ޙަރަކާތްތަކަށާއި އަތޮޅުފެންވަރުގައާއި ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ރަތްމަންދޫ ތަމްސީލުކުރާ ފަރާތްތަކަށް މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާއިން އެހީދިނުމުގެ އުޞޫލު.

`

 

 

މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ

   މ. ރަތްމަންދޫ، ދިވެހިރާއްޖެ.                                         ނަންބަރު: 362/362/2023/2

 

ރަތްމަންދޫގައި ހިންގާ އިޖުތިމާޢީ ޙަރަކާތްތަކަށާއި އަތޮޅުފެންވަރުގައާއި ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ރަތްމަންދޫ ތަމްސީލުކުރާ ފަރާތްތަކަށް މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާއިން އެހީދިނުމުގެ އުޞޫލު

  1. 1.     ތަޢާރަފް

މިއުޞޫލަކީ ރަތްމަންދޫގެ ރައްޔިތުން ނުވަތަ ރައްޔިތުންގެ ތެރެއިން ބައެއް ނުވަތަ ވަކިފަރުދެއް ނުވަތަ ރަތްމަންދުއަށް ނިސްބަތްވާ ކުލަބުޖަމްޢިއްޔާ ޖަމާޢަތްތަކުން ރަތްމަންދޫގައި ހިންގާ އިޖުތިމާޢީ ޙަރަކާތްތަކަށާ އަތޮޅުފެންވަރުގައާއި ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ރަތްމަންދޫ ތަމްސީލުކުރާނަމަ މުލަކަތޮޅު ރަތްމަންދޫ ކައުންސިލުން އެހީދޭނެ ގޮތުގެ އުޞޫލެވެ. މިއުޞޫލަށް ކިޔާނީ " ރަތްމަންދޫގައި ހިންގާ އިޖުތިމާޢީ ހަރަކާތްތަކަށާއި އަތޮޅުފެންވަރުގައާއި ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ރަތްމަންދޫ ތަމްސީލުކުރާ ފަރާތްތަކަށް މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާއިން އެހީދިނުމުގެ އުޞޫލު " އެވެ.

  1. 2.     މަޤްޞަދު

މިއުޞޫލުގެ މައިގަނޑު މަޤުޞަދަކީ ކައުންސިލުން ދޭއެހީ، ރަށަށް އެންމެފައިދާހުރިގޮތެއްގައި ހަމަހަމަކަމާއެކު ހުރިހާރައްޔިތުންނަށްވެސް ނަފާކުރަނިވި ގޮތެއްގެމަތިން ފޯރުކޮށްދިނުމެވެ.

  1. 3.     އެހީ ދެވޭނެ ގޮތްތައް

މިއުޞޫލުގެދަށުން ދޫކުރެވޭނީ އަންނަނިވި ދެ ބާވަތުގެ އެހީއެވެ.

3.1.    މާލީއެހީ

3.2.    ތަކެތި އަދި ޚިދުމަތް

  1. 4.     މާލީ އެހީ ދެވޭނެ ފަރާތްތައް

މިއުޞޫލުގެ ދަށުން މާލީ އެހީ ދެވޭނީ ސަރުކާރުގެ ކަމާގުޅޭ އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބުޖަމްޢިއްޔާ ޖަމާޢަތް ތަކަށް އެކަންޏެވެ. އެހެނިހެން ފަރާތްތަކަށް މާލީ އެހީތެރިކަމެއް ނުދެވޭނެއެވެ.

  1. 5.     ތަކެތި އަދި ޚިދުމަތް ދެވޭނެ ފަރާތްތައް

5.1.   ސަރުކާރުގެ ކަމާގުޅޭ އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކުލަބުޖަމްޢިއްޔާ ޖަމާޢަތްތައް

5.2.   ރަތްމަންދޫގައި މުޅި މުޖުތަޢަށް ފައިދާހުރި ގޮތަކަށް އިޖުތިމާޢީ ޙަރަކާތެއް ހިންގާ އަމިއްލަފަރުދެއް ނުވަތަ ފަރާތްތްކަށް

5.3.   އަތޮޅުފެންވަރުގައާއި ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ރަތްމަންދޫ ތަމްސީލުކުރާ އަމިއްލަފަރުދެއް ނުވަތަ ފަރާތްތަކަށް

  1. 6.     އެހީދެވޭނެ ޙަރަކާތްތައް

މިއުޞޫލުގެ ދަށުން އެހީ ދެވޭނެ ޙަރަކާތްތައް ތިރީގައި މިވަނީއެވެ.

6.1.   ޙަރަކާތުގައި ބައިވެރިވާ މައިގަނޑު ފަރާތްތަކަކީ އަދި އެކަމުން އެންމެ ބޮޑުފައިދާއެއްވާ ބަޔަކީ ރަތްމަންދުއަށް ނިސްބަތްވާ ފަރާތްތަކަކަށްވުން.

6.2.   އެޙަރަކާތެއް ހިންގުމުން ޚާއްޞަގޮތެއްގައި ރަތްމަންދުއަށް މަންފާލިބިގެންދާ ޙަރަކާތަކަށް ވުން.

6.3.   އަތޮޅު ފެންވަރުގައާއި، ޤައުމީ ފެންވަރުގައި ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގައި ހިންގާ ދީނީ، އަދަބީ ނުވަތަ ކުޅިވަރުގެ ޙަރަކާތްތައް ނުވަތަ މުބާރާތްތައް.

6.4.   ރަތްމަންދޫ ކައުންސިލްގެ ތަރައްޤީ ޕްލޭނާއި އަހަރީ މަސައްކަތު ތާވަލްގައި ހިމަނައިގެން ހިންގާ ޙަރަކާތްތަކަށް އެކިގޮތްގޮތުން އެހީވާ ފަރާތްތަކާއި އަދިމިނޫނަސް ކައުންސިލާ ގުޅިގެން ހިންގާ ޙަރަކާތްތަކުގައި އެހީވާފަރާތްތައް.

  1. 7.     އެހީދިނުމުގައި އިސްކަންދިނުން

ރަތްމަންދޫ ކައުންސިލުން ކުރިޔަށްގެންދާ ޙަރަކާތްތަކުގައި ބައިވެރިވާފަރާތްތަކަށް އެހީދިނުމުގައި އިސްކަން ދެވޭނެއެވެ.

  1. އެހީދިނުމުގައި ބަޖެޓް ބަހާލެވޭނެގޮތާއި އެހީދެވޭނެ މިންވަރު

8.1.    މިއުޞޫލުގެ ދަށުން އެހީގެ ގޮތުގައި އަހަރަކު ދޫކުރާނީ އެއަހަރަކު ކައުންސިލަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ 20 ޕަސެންޓަށްވުރެ އިތުރުނުވާ ވަރަށެވެ.

8.2.    މިއުޞޫލުގެދަށުން އެއްފަރާތަކަށް އެންމެގިނަވެގެން އަހަރަކު ދެވޭނީ -/15000ރ (ފަނަރަހާސް ރުފިޔާ) ، ނުވަތަ -/15000ރ (ފަނަރަހާސް ރުފިޔާ) އަށްވާ ތަކެތި ނުވަތަ ޚިދުމަތެވެ.

  1. 9.     އެހީއަށް އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަން

9.1.    އެހީއަށް އެދި ހުށަހަޅަން ވާނީ ޕްރޮޕޯސަލްއަކުންނެވެ. މިޕްރޮޕޯސަލްގައި އަންނަނިވި ކަންކަން ހިމަނަން ވާނެއެވެ.

9.1.1. ހަރަކާތް

9.1.2. ބައިވެރިން

9.1.3. އަމާޒުކުރާ ފަރާތް

9.1.4. މަޤްޞަދު

9.1.5. ހާސިލްކުރަންބޭނުންވާ ނަތީޖާ

9.1.6. ޒިންމާވާނެ ފަރާތް

9.2.    އެހީ ލިބުނު ފަރާތުން އެޙަރަކާތެއް ނިމޭތާ ގިނަވެގެން 30 ދުވަސްތެރޭގައި ކަން ހިނގައި ދިޔަގޮތުގެ ރިޕޯޓެއް ހުށަހަޅަން ވާނެއެވެ. މިރިޕޯޓުގައި އަންނަނިވި މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

9.2.1. ހަރަކާތުގައި ބައިވެރި ފަރާތްތަކުގެ ލިސްޓް

9.2.2. ޙާޞިލްކުރެވުނުމިންވަރު

9.2.3. ޙަރަކާތްތައް ހިނގައި ދިޔައިރު ނަގައިފައިވާފޮޓޯތައް

  1. 10.            އެހީ ދިނުން

އެހީދެވޭނީ ކައުންސިލްގެ އެހީތެރިކަމަށްއެދި ހުށަހަޅާ ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު އެޙަރަކާތަކުން ރަތްމަންދޫގެ ރައްޔިތުންނަށް ފައިދާ ކުރާމިންވަރެއްގެމައްޗަށް ބިނާކޮށް މާކުސްދީގެންނެވެ.

ކެޓަގަރީ

މާކުސް

ރަތްމަންދޫ ކައުންސިލްގެ ތަރައްޤީ ޕްލޭން ނުވަތަ އަހަރީ މަސައްކަތު ތާވަލްގައި ހިމަނާފައިވާ ކަންކަން

25

ރަތްމަންދޫ ކައުންސިލްގެ ތަރައްޤީ ޕްލޭން ނުވަތަ އަހަރީ މަސައްކަތު ތާވަލްގައި ހިމަނާފައި ނުވިނަމަވެސް ކައުންސިލާގުޅިގެން ހިންގާ ޙަރަކާތްތައް

15

މުޅިމުޖުތަމަޢަށް ފައިދާ ކުރަނިވި ބިނާއެއް އެޅުން (ވިޔަފާރީގެ ބޭނުމަށް ނޫންގޮތަށް)

10

ދީނީ ހޭލުންތެރިކަށް އިތުރުކުރުމަށް ހިންގާ ޙަރަކާތްތައް

10

މުޖުތަމަޢުގެ ފައިދާއަށް ހިންގާ ތަމްރީނު ޕްރޮގުރާމުތައް

10

އަތޮޅުފެންވަރުގައި ރަށް ތަމްސީލުކުރުން

5

ޤައުމީ ފެންވަރުގައި ރަށް ތަމްސީލުކުރުން

10

ބައިނަލް އަޤުވާމީފެންވަރުގައި ރަށް ތަމްސީލު ކުރުން

15

 

11. އުޞޫލަށް ޢަމަލު ކުރުން

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މ. ރަތްމަންދޫ ކައުންސިލުން އުޞޫލު ފާސްކޮށް އުޞޫލު ޢާއްމުކުރާ ތާރީޚުން ފެށިގެންނެވެ. 

24 ޖަނަވަރީ 2024
ހޯދާ