މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ ޑަސްބިން ނަގައި އުކާލުމަށްޓަކައި ކޯޓޭޝަން ބޭނުންވެއްޖެ

1-           ކޮންމެ ދުވަހެއްގެ ހެދުން 08:00 ން 11:00 އާ ދެމެދު ހުރިހާ ގޭގެއިންނާއި ތަންތަނުން ކާބޯތަކެތީގެ ޑަސްބިން ނަގައި އުކާލަން ބޭނުންވެއްޖެއެވެ.

2-           މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކޯޓޭޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 29 ޖަނަވަރީ 2024 ވަނަ ދުވަހުގެ 11:00 ން 12:00 އާދެމެދު މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

3-           މިމަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

4-           ކޯޓޭޝަން އާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5-           އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

6-           ކޯޓޭޝަންގައި ގުޅޭނެ ފޯން ނަންބަރ އޮންނަންވާނެއެވެ.

7-           ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

24 ޖަނަވަރީ 2024
ހޯދާ