މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire a party for the provision of beverages, snacks during ITB Berlin 2024 at Maldives stand

 (IUL)MMPRC-PRO/1/2024/2 :ނަންބަރ

 

އިޢުލާން

 

2024 ވަނަ އަހަރުގެ މާރިޗު މަހުގެ 05 ން 07 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި، ރާއްޖޭގެ ތަމްސީލްކުރާ ސްޓޭންޑްގައި  ސައި، ކޮފީ އަދި ބިސްކޯދު ފަދަ ތަކެތި ހިލޭ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. 

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  2024  ޖެނުއަރި  29 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2024 ފެބުރުއަރީ 04 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

           

 12 ރަޖަބު 1445ހ.

 23 ޖެނުއަރީ 2024މ

 

23 ޖަނަވަރީ 2024
ހޯދާ