މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކ.ފިހާޅޮހީގެ ލީސް އެގްރީމެންޓްގެ ދަށުން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ ޙައްޤުތައް އެހެން ފަރާތަކަށް ބަދަލުކުރުމާބެހޭ

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ކ.ފިހާޅޮހީގެ ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާން ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލުން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected] އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.

10 ޖުމާދަލްއާާޚިރާ 1436

30 މާރިޗު 2015
ހޯދާ