މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ބިދޭސީ ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ ޑޮކްޓަރގެ ބަދަލުގައި ދިވެހި ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ ޑޮކްޓަރެއް ހޯދުމަށް

މަޤާމު:

ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ

މަޤާމުގެ ނަމްބަރު:

 

ބޭނުންވާ އަދަދު

1( އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް 15-1 (ގްރޭޑް 1)

މަޤާމުގެ ކްލެސިފިކޭޝަން:

ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މ. މުލީ ރީޖަނަލް ހޮސްޕިޓަލް، މ. މުލި

ޑިވިޝަން/ ސެކްޝަން

މެޑިކަލް ޔުނިޓް

އެހެނިހެން އެލަވަންސް:

1.ސިވިލް ސަރިވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޞިއްޙީ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި ޞިއްޙީ މަރުކަޒުތަކުގައި އައުޓްރީޗް ޙިދުމަތް ދިނުމަށް އެއްމަރުކަޒުން އަނެއް މަރުކަޒަށް ދިއުން
  2. ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން
  3. ބަލި މީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ޞިއްޙީ ޚިދުމަތްތެރިން އެކުލަވާލައިފައިވާ މެޑިކަލް މައުލޫމާތު މުރާޖައާ ކުރުން
  4. ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލުތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހުލީލުތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރުއަށް ގެންދިއުން އަދި ފަރުވާއަށް ގެނަންޖެހޭ ބަދަލުތައް ގެނައުން
  5. ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ބޭހަށް އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތު ބަދަލުވާގޮތް މޮނިޓަރކުރުން
  6. އިންސާނުންނަށް ކުރިމަތިވާ ޚައްޞަ ޞިއްޙީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާ ބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިކަމާބެހޭ ދިރާސާތައްކޮށް އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން
  7. އާއްމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައާއި އާއްމުން ހޭލުންތެރި ކުރުމަށް ތައްޔާރުކުރާ ޕްރޮގަރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން
  8. ޞިއްޙީ ޚިދުމަތުގެ ނިޒާމު ބައްޓަންކުރުމާއި އިތުރައް ތަރައްޤީ ކުރުމުގައި ބައިވެރިވެ، ފަންނީ ލަފާދިނުން
  9. އަތޮޅު ތެރޭގެ ޚިދުމަތުގައި ސްޕެޝަލިސްޓުންގެ ޚިދުމަތަށް ބޭނުންވާ ޚާލަތްތަކުގައި ކަނޑައަޅާފައިވާ މުއްދަތަށް އެ ޚިދުމަތް ފޯރުކޮށްދިނުން
  10. ޤާނޫނީ ގޮތުން އުފެދިފައިވާ މުވައްސަސާތަކުގައި މެޑިކަލް ޕްރޮފެޝަނަލެއްގެ ހައިޞިއްޔަތުން ބައިވެރިވެ ލަފަޔާއި އިރުޝާދު ދިނުން

މަޤާމްގެ ނަން

ސިވިލްސަރވިސްގެ ރޭންކް

އަސާސީ ޝަރުތު

 މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

އެލަވަންސް މަސައްކަތްކުރާ ދުވަހަކަށް ޖެހޭ (ރުފިޔާ)

ކޮންސަލްޓެންޓް އިން ސަބް - ސްޕެޝަލިސްޓް

CS16-1

1-      މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 އަހަރަށްވުރެ ކުރުނޫން  އެމް. ޑީ / އެމް. އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ޙާޞިލްކުރުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލްކުރާ 2 އަހަރަށްވުރެ ކުރުނޫން ފެލޯޝިޕް ޕްރޮގްރާމެއް މެޑިކަލް ސްބް ސްޕެޝަލްޓީއަކުން ޙާޞިލްކޮށް ފައިވުމާއެކު ، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

2-      މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލްކުރާ 3 އަހަރަށްވުރެ ކުރުނޫން އެމް. ޑީ / އެމް. އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ޙާޞިލްކުރުމަށްފަހު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 3 އަހަރު ދުވަހަށްވުރެ ކުރުނޫން ޑީ އެމް / އެމް ސީ އެޗް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސަބް ސްޕެޝަލްޓީއަކުން ޙާޞިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

44670.00

530.00-425.00

 

CS17-6

ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-5 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން

47000.00

530.00-425.00

 

CS17-5

ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން

 

 

 

45400.00

530.00-425.00

 

CS17-4

ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު   85% އިން މަތިން މާކްސް ހޯދާފައިވުން

 

 

 

43810.00

530.00-425.00

 

CS17-3

ސީނިއަރ ކޮންސަލްޓަންޓް، ސީއެސް 17-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން

 

 

40620.00

530.00-425.00

ސީނިއަރ ކޮންސަލްޓެންޓް / ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ

CS17-2

މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.އެސް ނުވަތަ އެމް.އެސްއާ އެއްފެންވަރުގެ ސެޓްފިކެޓެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކުރުމަށްފަހު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމާއެކު ސްޕެޝަލިސްޓެއްގެ މަޤާމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

39030.00

530.00-425.00

 

 

 

 

 

(ތަޢުލީމާއި ތަޖްރިބާ) ކޮންސަލްޓެންޓް / ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ

CS15-5

ކޮންސަލްޓަންޓް، ސީއެސް 15-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން

37400.00

530.00-425.00

CS15-4

ކޮންސަލްޓަންޓް، ސީއެސް 15-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން

35810.00

530.00-425.00

 CS15-3

ކޮންސަލްޓަންޓް، ސީއެސް 15-2 ގްރޭޑުގެ ޝަރުތު ފުރިހަމަވެ، 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު 85% އިން މަތިން މާކްސް ހޯދާފައިވުން

34210.00

530.00-425.00

CS15-2

ކޮންސަލްޓަންޓް، ސީއެސް 15-1 ގްރޭޑުގެ ފުރަތަމަ ޝަރުތު ފުރިހަމަވެ، 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު  %85 އިން މަތިން މާކްސް ހޯދާފައިވުން

32590.00

530.00-425.00

CS15-1

މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ 3 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/ އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

30990.00

530.00-425.00

(ތަޢުލީމާއި ތަޖްރިބާ) އެސޯސިއޭޓް ސްޕްޝަލިސްޓް / ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ

CS13-4

އެސޯސިއޭޓް ސްޕެޝަލިސްޓް، ސީއެސް 13-3 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން އެގްރިގޭޓްކޮށް 3 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން

29540.00

530.00-425.00

CS13-3

އެސޯސިއޭޓް ސްޕެޝަލިސްޓް، ސީއެސް 13-2 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން  އެގްރިގޭޓްކޮށް 3 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން

28120.00

530.00-425.00

 

CS13-2

އެސޯސިއޭޓް ސްޕެޝަލިސްޓް، ސީއެސް 13-1 ގްރޭޑްގައި 3 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން  އެގްރިގޭޓްކޮށް 3 އަހަރު  85% އިން މަތިން މާކްސް ހޯދާފައިވުން

26670.00

530.00-425.00

 

CS13-1

މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުކުރާ 2 އަހަރު ދުވަހަށްވުރެ ކުރުނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޯމާއެއް ނުވަތަ ޕޯސްޓްގްރެޖުއޭޓް ޑިޕްލޯމާއަކާ އެއްފެންވަރުގެ ސެޓްފިކެޓެއް ކްލިނިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި ސްޕެޝަލިސްޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން

25260.00

530.00-425.00

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • ރޭޑިއޮލޮޖީ   

 

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ރޭޑިއޮލޮޖީ   

ހުށައަޅަންޖެހޭ ލިޔުންތައް

  • 1.ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) އަދި އދ.ދަނގެތީ ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ).
  • 2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • 3.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • 4.ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • 5.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ފެބްރުއަރީ 2024 ގެ 14:00 ގެ ކުރިން، މ. މުލީ ރީޖަނަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 07 ފެބްރުއަރީ 2024 އާއި 11 ފެބްރުއަރީ 2024 އާ ދެމެދު، މ.މުލީ ރީޖަނަލް ހޮސްޕިޓަލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720632 ފޯނު ނަމްބަރަށެވެ. އީ-މެއިލް ކުރާނީ[email protected]  މެއިލް އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

23 ޖަނަވަރީ 2024
ހޯދާ