ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ޕޫލް – ވޭޖް އެމްޕްލޯއިމަންޓް)

އިޢުލާނު

މަޤާމު:

ކައުންސިލް އެސިސްޓެންޓް )ޕޫލް – ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ

މުއްދަތު:

(01 އަހަރު)

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 45.00 ރުފިޔާގެ ރޭޓުން (މަހަކު 250 ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ ތާވަލާއެއްގޮތަށް ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާ ގޮތެއްގެ މަތިން މިސްކިތް ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުން.
  2. މިސްކިތުގެ ކުޑަދޮރުތަކާއި ބޮޑުދޮރުތައް ފޮހެ ސާފުކުރުން.
  3. ކޮންމެދުވަހަކު މިސްކިތުގެ އެތެރެއާއި ފެންޑާ ހަޑިވިޔަނުދީ ކުނިކަހާ ފޮޅާ ސާފުކޮށް މޮޕްއެޅުން.
  4. މިސްކިތުގެ ވަޅު ހަޑިވުމުން ވަޅުދިޔަހިއްކާ ސާފުކުރުން.
  5. ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތުގެ އިސްކުރުބަރިއާއި ފާޚާނާ ސާފުކުރުން.
  6. މިސްކިތުގެ ގޯތިތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  7. މިސްކިތުގެ ފަންކާތައް ފޮހެ ސާފުކުރުން.
  8. މިސްކިތުގެ ފުރާޅާއި ދިޔަދޮވި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  9. މިސްކިތުގައި ހިފާ ގެންގުޅޭ ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  10. މިސްކިތުގައި އިންތިޒާމްކުރާ ދީނީ ނަސޭޙަތް ދިނުންފަދަ ކަންކަމުގައި ކުރަންޖެހޭ ކަންކަން ކުރުން.
  11. ކައުންސިލުން ހަމަޖައްސާފައި އޮންނަ އިންތިޒާމެއްގެ ދަށުން މިސްކިތުން ނެގޭ ކުނި އުކުން.
  12. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ލައިޓްތައް ދިއްލުމާއި، ފަންކާތައް ޖެހުން. އަދި ނަމާދުގެ ޖަމާޢަތް ނިމުމުން މީހުން ނެތް ދިމާލުގައި ޖަހާފައި ހުންނަ ފަންކާއާއި ދިއްލާފައި ހުންނަ ލައިޓްތައް ނިއްވާލުމާއި ދޮރުތައް ލެއްޕުން.
  13. ގޯތިތެރޭގައި އިންދައިގެން ހައްދާ ގަސްތަކުގެ އިތުރުން ގޯތިތެރެއިން ފަޅާ އެކިބާވަތް ބާވަތުގެ ގަސްތައް ރީތިކޮށް ކޮށުމާއި، ވިނަތައް ނޮޅައި، ސާފުކޮށް ބެލެހެއްޓުން.
  14. މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ކުރުން.
  15. މިސްކިތް ބެލެހެއްޓުމާ ގުޅޭގޮތުން އިދާރާއިން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްކުރުން.
  16. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  17. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  • ލިޔަން ކިޔަން އެނގުމާއި އެކު، ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

ނޯޓު:

 

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ލިޔަން ކިޔަން އެނގޭކަން ބާޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދުނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ފޮޅައި ސާފުކުރުން
  • ކްލެރިކަލް ސަޕޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާ ގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.( https://fliplink.io/MN9d8  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ : ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައި ވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން )މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަ ންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.(

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފަ އިވާ ޤައުމީ ނު ވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކް ރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް ".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

50%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަވިއު

40%

 

 

 

 

ނޯޓް: މިމަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ  70%(ހަތްދިހަ އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:


ވަޒީފާއަށް އެދޭ ފޯމު މަކުނުދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30ޖަނަވަރީ 2024 ވާ އަންގާރަދުވަހުގެ 13:00ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އެސެސްމެންޓް އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހާއި 08 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހާއި ދެމެދުއެވެ. އިންޓަވިއުއާއި ޕްރެކްޓިކަލް އަށް ހާޟިރުވާންޖެހޭ ގަޑި އެފަރާތަކަށް ލިޔުމުން އެންގޭނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއާއި ޕްރެކްޓިކަލް އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520038 އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް  "ރެކްރޫޓްމެންޓް އުޞޫލު"  (https://fliplink.io/O3to5) އިން ލިބެން ހުންނާނެއެވެ.

 

23 ޖަނަވަރީ 2024
ހޯދާ