ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތަށް ވެލިލުމާއި ގުޅޭ

މިރަށު މިސްކިތްތަކުގެ ގޯތިތެރައް ވެލިލުމަށް 400 ގޯނި ކަށިވެލި މިސްކިތާހަމައަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

     ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2024 ވާ ހޯމަ ދުވަހު 13:30 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

*  އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޝާބިޢު (މޯބައިލް: 9712223) އާއި ގުޅުއްވުން އެދެމެވެ.

23 ޖަނަވަރީ 2024
ހޯދާ