ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ ގާޑިޔާ ހިންގާނެ ފަރާތެއް ހޯދުމަށް

           ލާމަސީލުލާމު އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް،2024 ފެބްރުއަރީ 1 ން 10 އަށް ލ.ފޮނަދޫ ފުޓްސަލް ދަނޑުގައި ހިނގަމުން ދާއިރު މުބާރާތް ބާއްވާ ސަރަހައްދުގައި ގާޑިޔާ ބެހެއްޓުމަށް ހުޅުވާލަމެވެ. މިފަހަރު މުބާރާތަށް ގާޑިޔާ ދޫކުރުމަށް ހަމަޖެހި ފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ 2 ފަރާތަކަށެވެ.ގާޑިޔާ ބެހެއްޓުމުގެ ހުއްދަދެވޭ 2 ފަރާތުގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް މުބާރާތް ކުރިޔަށް ދާމުއްދަތުގައި ފުޓްސަލް ދަނޑު ހިމެނޭ ސަރަހައްދުގައި ގާޑިޔާ ބަހައްޓައިގެން ވިޔަފާރި ކުރުމުގެ ހުއްދަ ނުދެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

           ވީމާ، ގާޑިޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖަނަވަރީ 28 ވާ އާދީއްތަ ދުވަހު 13:00 އަށް އަތޮޅު ކައުންސިލަށް ވަޑައިގެން އަގު ބަޔާންކުރާ ސިޓީ އަދި ވިޔަފާރިއެއްނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު ގާޑިޔާ ދޫކުރުމާއި ބެހޭ އުސޫލް އާއްމު ކުރީމެވެ.

23 ޖަނަވަރީ 2024
ހޯދާ