މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާ ބެހޭ

ދަނޑުބިން ދޫކުރުމާ ބެހޭ:

 

މިރަށު އެކިސަރަހައްދުތަކުގައިވާ ނަންބަރު 04، 10 އަދި 12 ނަންބަރު ބިންމާއިއެކު ޖުމްލަ 03 ބިން ދަނޑުވެރިކަމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ދަނޑުވެރިކަމަށް ބިން ބޭނުންވާ ފަރާތްތަކުން ބޭނުންވާ ބިން އިސްކަންދޭ ތަރުތީބުން އެގޭގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތު ލައިގެން ކޮންމެ ފަރާތަކަށް 01 ބިމެވެ. އަދި ގުރުއަތު ނެގުމަށް ފަހު އިތުރު ބިން ހުރިނަމަ ބޭނުންވާ ފަރާތްތަކަށް ގުރުއަތުން އެބިންތައްވެސް ދޫކުރެވޭނެއެވެ. ދަނޑުބިންތަކާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކޮށް ބިން ބަލަން ބޭނުންވާނަމަ 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

ދަނޑުބިން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މިއިދާރާއަށް ސިޓީހުށަހަޅަންޖެހޭ އެންމެ ފަހު ވަގުތަކީ 28 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމުގައި ދަންނަވަމެވެ.

23 ޖަނަވަރީ 2024
ހޯދާ