ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ގައި އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުނެގުމާ ގުޅޭ

23 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓު ލުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ. 

ދިވެހި އަދި އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ތައްޔަރުކޮށްފައިވާ މި އެޕްލިކޭޝަނަކީ، ކުންފުނިތަކުން ބާއްވާ ޢާންމު ޖަލްސާތަކުގައި ވޯޓުނެގުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ އަދި މިހާތަނަށް ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ގިނަ ޕަބްލިކު ކުންފުނިތަކުގެ އަހަރީ ޢާންމު ޖަލްސާތަކުގައި ބޭނުންކޮށްފައިވާ އިތުބާރުހިފޭ މަޤުބޫލު އެޕްލިކޭޝަނެކެވެ. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ހޮވުމަށް 11  ޖޫން 2022 ގައި ބޭއްވުނު އިންތިޚާބާއި، 2 ޖުލައި 2023 ގައި ބޭއްވުނު އެ އިންތިޚާބުގެ ދެވަނަ ބުރުގައި އަދި 7 ޑިސެންބަރު 2023 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށްޓަކައި ބޭއްވުނު އިންތިޚާބުގައި ވޯޓު ލާފައިވަނީ ފަހި ވޯޓު ބޭނުންކޮށްގެންނެވެ.

ފަހިވޯޓު މެދުވެރިކޮށް ވޯޓުލުމަށް ބޭނުންވާ ފަހިވޯޓުގެ ވެބްސައިޓް ލިންކު، ޔޫޒަރނޭމް އަދި ޕާސްވޯޑް، ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ދާއިމީ ދަފްތަރު ހިމެނޭ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް، 23 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޮނުވޭނެއެވެ. އަދި އެސް.އެމް.އެސްއަށް ލިބިލެއްވި ޔޫޒަރނޭމް އަދި ޕާސްވޯޑް ބޭނުން ކުރައްވައިގެން ފަހިވޯޓް (https://fahivote.mv/) އަށް ލޮގިން ކުރެއްވުމުން އިންތިޚާބުގައި ބައިވެރިވެވޭނެއެވެ. މިގޮތަށް ފޮނުވޭ ކޮންމެ ޔޫޒަރނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ފަހިވޯޓު އެޕްލިކޭޝަންގައި ވޯޓުލެވޭ އައިޓަމަށް ވޯޓުލެވޭނީ އެންމެ ފަހަރަކުއެވެ.

22 ޖަނަވަރީ 2024
ހޯދާ