ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރިސޯސް ޕާރސަންގެ ގޮތުގައި ކިޔަވައިދެއްވާނެ ފަރާތްތައް ހޯދުމާގުޅޭ

މިއޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (އައި.ސީ.ޑީ.އެސް) އިން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި އިއުލާން ގައި އެޓެޗްކޮށްފައިވާ ދާއިރާތަކުން ރިސޯސް ޕަރސަންގެ ގޮތުގައި ކިޔަވާދެއްވާނެ ފަރާތްތައް ހޯދަންބޭނުންވެއެވެ.

ރިސޯސް ޕަރސަންގެ ގޮތުގައި މަސައްކަތް ކުރުމަށް ހޮވޭ ފަރާތްތަކުގެ ކިޔަވައިދިނުމުގެ ތަޖުރިބާއާއި ތަޢުލީމު ހާސިލްކުރައްވާފައިވާ ދާއިރާއާއި އައިސީޑީއެސްގެ ޕްރޮގްރާމްތަކުގައި ކިޔަވައި ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކާއި ހުރި ގުޅުމަށް ބެލެވޭނެއެވެ. އަދި ރިސޯސް ޕާރސަންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 01 ގަޑިއިރުގެ ސެޝަނަކަށް ދިނުމަށް ހަމަޖެހިފައިވާ ޢަދަދަކީ 750/-ރ އެވެ.

ވީމާ، އައި.ސީ.ޑީ.އެސްގައި ރިސޯސް ޕަރސަންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ވަނަވަރު އަދި އައި.ސީ.ޑީ.އެސް ރިސޯސް ޕާރސަން އެޕްލިކޭޝަން ފޯމު 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު އައި.ސީ.ޑީ.އެސްގެ ނަންބަރު 7923151 އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. 

22 ޖަނަވަރީ 2024
ހޯދާ