މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު ކޮށާފައިހުރި ގަސްތަކުގެ ދަރުތައް ނީލަންކިޔުމާއި ގުޅޭ

ރ.ދުވާފަރު ކޮށާފައިހުރި ގަސްތަކުގެ ދަރުތައް ނީލަން ކިއުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2024 ޖަނަވަރީ 23 ވާ އަންގާރަ ދުވަހުގެ ހެނދުނު 13:00 އަށް  ވަށާމަގު 39 ވަނަ ބުލޮކުގެ އިރުމައްޗަށް ވާ ހުސްބިމުގައި އޮންނާނެވެ.

ނީލަމުގެ ބައިތައް ފެށޭ އަގާއި އިތުރު ކުރެވޭނެ އަގު ނީލަންކިޔާ ސަރަހައްދަށް ދިއުމުން ނީލަން ފެށުމުގެ ކުރިން އެންގޭނެއެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ތަކެތި ގެންދަވަން ވާނީ  ފައިސާ ދެއްކެވުމަށްފަހުއެވެ. ނީލަމުން ނަންގަވާ ތަކެތި 2024 ޖަނަވަރީ 23 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 06:00 ގެ ކުރިން ގެންދަވަން ވާނެއެވެ. އަދި އޭގެ ފަހުން ނުގެންގޮސް ހުންނަ ތަކެއްޗަކީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި ނައްތާލެވޭނެއެވެ.

 

11 ރަޖަބް 1445

22  ޖަނަވަރީ 2024

22 ޖަނަވަރީ 2024
ހޯދާ