ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އާރޓް ކަރުދާސް ގަތުން

އާރޓް ކަރުދާސް ގަތުން

މިޑިޕާޓްމަންޓުން ބާއްވާ އިމްތިޙާންތަކަށް ބޭނުންވާ އާރޓް ކަރުދާސް ހޯދުމަށް 2015 މާރިޗު 12 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2015/12) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އެޕްރީލް 8 ވާ ބުދަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ