ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ އިން ވިޔާފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުން

ހއ ދިއްދޫ އުތުރުން ބިން ހިއްކާފައިވާ ސަރަޙައްދުގައި ޢިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި އިންވެގެން އޮތް ވައިލެޓް 18، 19، 20، 21 އެވެ ކިޔާ 2500 އަކަފޫޓުގެ 4 ހުސްބިން  15 އަހަރު ދުވަހުގެ މުއްދަތަށް ވިޔަފާރި ކުރުމަށް، ކުއްޔަށް ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

 

 

  1. 1.         ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 

(ހ)   މި ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  ހއ ދިއްދޫގައި ހުރި ހުސް ބިންތައް ކުއްޔަށް ދޫކުރުމުގެ މި ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާގޮތަށެވެ.

 

(ށ)   މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 22 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުން ފެށިގެން 30 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

(ނ)  ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 25.00 ރުފިޔާއެވެ.

 

(ރ)   ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 31 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވައިލްޓް 11 ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާ ފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މި ކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ބިން ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި، އެ ބިން އޮންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު ޢާއްމު ކުރީމެވެ.

22 ޖަނަވަރީ 2024
ހޯދާ