ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ފޮޅައި ސާފުކުރުން)

ހއ.އަތޮޅު ހޮސްޕިޓަލް ފޮޅައި ސާފުކޮށްދިނުމަށް  ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 28 ޖެނުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ށް ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފްކުރުމަށްފަހު، 6 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ށް ބީލަން ހުށަހެޅުއްވުމަށްޓަކައި ހއ.އަތޮޅު ހޮސްޕިޓަލުގެ އިދާރީ އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ. މައުލޫމާތު ސާފްކުރަވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ބީލަން ހުށަހެޅުމަށްޓަކައި ގަޑިއަށް ވަޑައިނުގަންވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 އަދި ދަންނަވަމެވެ، ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތެއް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި  6500093 ނަންބަރު ފޯނަށެވެ.

22 ޖަނަވަރީ 2024
ހޯދާ