މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އެގްޒެކެޓިވް ޑިރެކްޓަރ 

 

 ވަޒީފާގެ ފުރުޞަތު 

މަޤާމް :

އެގްޒެކެޓިވް ޑިރެކްޓަރ   

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/20,000 ރުފިޔާ (ވިހިހާސް ރުފިޔާ) 
  2. ސަރވިސް އެލަވަންސް: މަހަކު -/ 6,000ރުފިޔާ ( ހަހާސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ބިޒްނަސް މެނެޖްމަންޓް/ބިޒިނަސް އެޑްމިނިސްޓްރޭޝަން/ކޮމަރސްގެ ދާއިރާއިން މާރސްޓަރސް ޑިގްރީ ލިބިފައިވުން އަދި ބިޒްނަސް ގެ ދާއިރާއެއްގައި 03 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން ނުވަތަ
  • ބިޒްނަސް މެނެޖްމަންޓް/ބިޒިނަސް އެޑްމިނިސްޓްރޭޝަން/ކޮމަރސްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ލިބިފައިވުން އަދި ބިޒްނަސް ގެ ދާއިރާއެއްގައި 05 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުމާއެކު އެގްޒެކެޓިވް ޕޯސްޓެއްގައި 02 އަހަރު ދުވަހު އުޅެފައިވުން  

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް

  • އީކޮމާރސް އަދި ލޮޖިސްޓިކްސް އޮޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ ޕްލޭންތައް އެކުލަވާލައި ތަންފީޒްކުރުން 
  • އީކޮމާރސް މާކެޓް ހަރުދަނާކޮށް ތަރައްޤީކޮށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން  
  • އީކޮމާރސްގެ އޮޕަރޭޝަންސްގެ މަސައްކަތްތަކާއި ލޮޖިސްޓިކްސް އަދި ފުލްފިލްމަންޓް ސަރވިސްއާ ގުޅުންހުރި މަސައްކަތްތައް ޑިވެލޮޕްކޮށް ތަރައްޤީކުރުމާއި މާކެޓްގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޓެކްނޮލޮޖިކަލް ސޮލިއުޝަންސް ތައާރުފްކޮށް ތަންފީޒުކުރުން 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން  
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ  
  • ކުރެވޭ އިންޓަރވިއު އިން ފާސްވުން.  
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.  

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 25 ޖަނަވަރީ 2024 ވާ  ބުރާސްފަތި ދުވަހުގެ  14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

އިންޓަވިއު:

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
21 ޖަނަވަރީ 2024
ހޯދާ