ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުން

 

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން މިރަށުގައި ގާއިމްކޮށްފައިވާ ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ 2ވަނަ ތަމްރީން ޕްރޮގްރާމް އަންނަ ފެބްރުވަރީ މަސްތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ޕްރޮގްރާމް ޢާއްމު ގޮތެއްގައި ކުރިއަށްދާނީ 10 ދުވަހާއި 12 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. އަދި އެއަށްފަހު ދެތިން މަސްދުވަހު އެކި ދުވަސްތަކުގައިވެސް އިތުރު ތަމްރީންތައް ކުރިއަށްދާނެއެވެ.  

މި ތަމްރީން ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ "އައިލެންޑް ފާރމާރޒް ފޯރަމް" (އައި.އެފް.އެފް)ގެ މެމްބަރުންނަށް ކަމަށްވާތީ، މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި ހިނގާ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ދުރުވެ އައި.އެފް.އެފްގެ މެމްބަރ ޝިޕްފޯމް ފުރުއްވުމަށް ދަންނަވަމެވެ. އަދި އައި.އެފް.އެފް. މެމްބަރުންގެ ގޮތުގައި ކުރިން ރަޖިސްޓްރީވެ މި ޕްރޮގްރާމްގެ ފުރުތަމަ ބުރުގައި ބައިވެރިވި ފަރާތްތަކުން 2ވަނަ ބުރަށް ފޯމް ފުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތައްވެސް 2ވަނަ ބުރުގައި ބައިވެރިވުމަށް ނަންނޯޓް ކުރައްވަންޖެހޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޖަނަވަރީ 2024
ހޯދާ