ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހއ މުރައިދޫ ޞިއްޙީ މަރުކަޒު ކަރަންޓް ވިޔުގަ ބަދަލުކޮށް، ތްރީފޭސް ކަރަންޓް ލައިދޭނެ ފާރާތެއް ހޯދުމާއިގުޅޭ

ހއ މުރައިދޫ ޞިއްޙީ މަރުކަޒު ކަރަންޓް ވިޔުގަ ބަދަލުކޮށް، ތްރީފޭސް ކަރަންޓް ލައިދޭނެ ފާރާތެއް ހޯދުމާއިގުޅޭ

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މުރައިދޫ ޞިއްޙީ މަރުކަޒު ކަރަންޓް ވިއުގަ ބަދަލުކޮށް ތްރީފޭސް ކަރަންޓް ލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މުރައިދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ރަޖިސްޓްރީ ކުރުން

18 ޖަނަވަރީ 2024 ން 21 ޖަނަވަރީ 2024 އަށް ހއ މުރައިދޫ ޟިއްޙީމަރުކަޒުގެ މެއިލް އަށް މެއިލް ކޮށްގެންނެވެ. އީމެއިލް :  [email protected]    

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

28 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

1. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާ ނަން، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

3. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހއ މުރައިދޫ ޟިއްޙީ މަރުކަޒު / މައިމަގު، ދިވެހިރާއްޖެ.

އީމެއިލް: [email protected]

18 ޖަނަވަރީ 2024
ހޯދާ